7 ރަށެއްގައި ރިސޯޓް ތަރައްގީކުރަން 9 ފަރާތަކުން ހުށަހަޅާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.



ޓުއަރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި 7 އަތޮޅަކުން 16 ރަށެއް ފަތުރުވެރިކަމަށް ހުޅުވާލާފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 9 ފަރާތުން 7 ރަށަކަށް 13 ބީލަން ހުށަހަޅާފައިވާކަމަށެވެ.

ބީލަން ހުށަހަޅާފައިވާ ރަށްރަށަކީ، ހއ. ވެލިފިނޮޅު، މ. ސީދީހުރާއާއިއެކު ސީދީހުރާ ވެލިގަނޑު، ތ. ކާއްޑޫ، ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅު، ލ. ބޮޑުމުންޏަފުށި، ގއ. ފުނަދޫވިލިގިއްޔާ އަދި ގދ. ކަނޑަހަލަގަލައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން އަގުގެފަރަގު އެންމެކުޑަ ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 އިންސަތައަށްވުރެ އިތުރު ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ބީލަން އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށް އޮތް 3 ހަފްތާތެރޭގައި ނިންމާލެވޭނެކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ބީލަން ހުށަހަޅާފައި ނުވާ ރަށްތަކާމެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް އެސެސްމަންޓެއް ހެދުމަށް ނިންމާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޢަލީ

27-Jun-2021

ތ.އޮޅުފުށި އަދި އޮޅުފުށި ފިނޮޅު ދެނަމެއް އިޢުލާން ކުރީ ކޮން ގޮތަކުންތޯ. އޮޅުފުށި މިހާރުއޮތީ ގިރާހުސްވެފަ. ފިނޮޅު އެކަނި އޮންނަނީ. ޢެއްވެސް ވުޒާރާއަކަށް މިކަން ނޭނގުމަކީ ހިތާމަހުރި ކަމެއް. އަދި ނެތް ރަށެއް ބިޑަށް ހުޅުވާލުމަކީ ބޮޑަށް ހައިރާންވާ ކަމެއް.



ޓްރެންޑިން