ޑރ. އިޔާޒް އަދި ރައީސް މައުމޫން
ޑރ. އިޔާޒް އަދި ރައީސް މައުމޫން
އަންހެންކުދިން ޚިތާނުކުރުމަކީ ދީނުގައި ނެތްކަމެކޭ ބުނުމަކީ ދޮގެއްކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އަންހެން ކުދިން ހިތާނުކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫންކަމަށް ކުރީގެ ރައީސް، ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ތަފްސީރު އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، އެކަމަކީ ދީނުގައި ނެތް ކަމެކޭ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަންހެންކުދިން ޚިތާނުކުރުމަކީ ދީނުގައި އޮތް ކަމެއް ކަމަށާއި، އެހެންނަމަވެސް އެއީ ވާޖިބު ކަމެއް ނޫންކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"އަންހެންކުދިން ޚިތާނުކުރުމާއި ފިރިހެން ކުދިން ޚިތާނުކުރުން ތަފާތު" ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. އިޔާޒް ވިދާޅުވިއެވެ.

އަންހެންކުދިން ޚިތާނުކުރުމާއި ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. ހިތާނުކުރުމުގެ ނަމުގައި އަންހެންކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިންސާނީ އަދި ނާތަހުޒީބު ކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.



"މިސުރުގެފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެނުން ހިތާނުކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައި ކަމެއްކަމުގައި." ރައީސް މައުމޫނު ވިދާޅުވި އެވެ.

އަންހެންކުދިން ޚިތާނު ކުރުމަށް ހިތްވަރު ލިބޭގޮތަށް ޑރ. އިޔާޒް ވާހަކަ ދައްކާ ކަމަށްބުނެ އެމައްސަލަ މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ކަނީރު

27-Jun-2021

އިޔާޒުގެ ބާރުހިނގާމީހުން ކުރީމަތަނގަޅުވާނެ. ބޮޑަށް އެދެވިގެންވަނީ އޭނަ މިކަންކުރަންވެސް


3

ކަނީރު

27-Jun-2021

އިޔާޒުގެ ބާރުހިނގާމީހުން ކުރީމަތަނގަޅުވާނެ. ބޮޑަށް އެދެވިގެންވަނީ އޭނަ މިކަންކުރަންވެސް


7

ޖާދޫ

27-Jun-2021

މީނަ އޯކޭ ތަ?


-1

ޙިޔާލު

27-Jun-2021

ތިކަމަށް އެއްމެ ރަނގަޅު ރަޢުޔެއް ނެރެވޭނީ ބޮއްޅަބޭ ރަޢީސްކަން ކުރައްވާ އިއްޒަތްތެރި މަޖިލީހުން މަކަށްދަކެއް. އަބަސްކޮއްލަދެއްވާ ޗުއްޓީއަށް ދިއުމުގެ ކުރިން



ޓްރެންޑިން