ޝޭހަކު ވަކިމީހަކާއި ދިމާއަށް ލާދީނީއޭ ނުވަތަ ކާފަރެކޭ ކިޔުން ހުއްދަ ނުވާ ސަބަބު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހާމަކުރައްވައިފިއެވެ.

އަންހެން ކުދިން ޚިތާނުކުރުމާއި ގުޅޭގޮތުން ދީނީ އިލްމްވެރިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުން ތަކާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެމައްސަލައިގައި ވެސް ދެ އިލްމްވެރިއަކު ފަތުވާ ދެއްވަނީ ދެގޮތަކަށް ކަމަށެވެ. އަންހެންކުދިން ޚިތާނުކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމްވެރިޔާ ރައީސް، މައުމޫން އަބުދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫންގެ ވާހަކަތަކާއި ގުޅިގެން ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ އެއީ ދީނުގައި ނެތް ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އެކަމަށް އިޝާރަތްކުރައްވައި އިންތި ވިދާޅުވީ އޭގެތެރެއިން ޑރ. އިޔާޒްގެ ބަސް ރައްޔިތަކު އިޚުތިޔާރު ކޮށްފިނަމަ އެއީ ލާދީނީ މީހަކަށް ލޭބަލް ކޮށްފާނެ ކަމަށެވެ.

"މި ސަބަބާއިހުރެ ވަކި ޝޭހަކު ވަކި މީހަކާއި ދިމާލަށް ލާދީނީއޭ ނުވަތަ ކާފަރެކޭ ބުނުން ހުއްދަ ނުވާންވީ." އިންތި ވިދާޅުވިއެވެެ.

ރައްޔިތުން މަޖިލީހަށް ސަރުކާރުން މިހާރު ވަނީ މުސްލިމަކާއި ދިމާއަށް އާންމު ތަނެއްގައި ލާދީނީ ކިޔުން މަނާކުރާ ބިލެއް ވެސް ހުށައަޅާފައެެވެ. އެބިލް މިހާރު އޮތީ ކޮމެޓީ މަރުހަލާގައެެވެ. ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލުގައި ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ވަނީ ބަޔާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން