ކޯވިޑް ޖެހިގެން ދިއްދޫއިން ބިދޭސީއަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހއ އަތޮޅު ހޮސްޕިޓަލުގައި ބައްޔަށް ފަރުވާދެމުންއައި 51 އަހަރުގެ ބިދޭސީއެއް ނިޔާވެފައިވާކަމަށެވެ. އަދި އޭނާ ނިޔާވި އިއްޔެ ހެނދުނު 11:50 ހާއިރުކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 209 ވަނަ މީހާއެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 209 މީހުން ނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 190 ދިވެހިންނާއި 19 ބިދޭސީންނެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 72،944 އަށް އަރާފައެވެ. އަދި ބުރާސްފަތި ދުވަހު އިރުއޮއްސި 6:00 އިން އިއްޔެ އިރުއޮއްސި 6:00 އަށް އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 4،295 ގައެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 41 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 105 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 105 މީހަކު ހިމެނެއެވެ. އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 31 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން