މިއަހަރުގެ މިހާތަނަށް ބައި މިލިއަން ފަތުރުވެރިން ރާއްޖެ އައުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ، ޝުކުރު އަދާކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އިއްޔެއާ ހަމައަށް ރާއްޖެއަށް ވަނީ 500406 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެއީ 120514 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން އައީ އިންޑިއާ ފަތުރުވެރިންނެވެ. އެއީ 89599 ފަތުރުވެރިންނެވެ. އަދި ޖަރުމަނުން 27151 ފަތުރުވެރިން، ޔޫކްރެއިން އިން 24203 ފަތުރުވެރިން އަދި އެމެރިކާ އިން 18،505 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހިރައްޔިތުންނަށް، އިންޑަސްޓްރީ ޕާޓުނަރުންނަށް، ހާއްސަކޮން އިންޑަސްޓްރީގެ މުވައްޒަފުންނަށް އަދި ހެލްތުޓީމުތަކާއި ވޮލެންޓިއަރުންނަށް މަރުހަބާ ވިދާޅުވެ، އައްސަރިބަހާ ސާބަސް ދަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555،494 ފަތުރުވެރިންނެވެ. އެއީ އޭގެކުރީ އަހަރު ރާއްޖެ ޒިޔާރަތްކުރި 1.7 މިލިއަން ފަތުރުވެރިންނާއި އަޅާބަލާއިރު، ވަރަށް ބޮޑަށް ދަށް އަދަދެކެވެ. ސަރުކާރުން ލަފާކުރަނީ މިއަހަރު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން