އައުރަ ނިވާނުކޮށް އުޅުން ޖިނާއީ ކުށަކަށް ހެދުން މާ އައުލާކަން ބޮޑުކަމަށް ވިދާޅުވެ، ޑރ އިޔާޒްގެ ބަހުގެ ހަމަލާތަކެއް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް އަމާޒު ކުރައްވައިފިއެވެ.

ޑރ. އިޔާޒްގެ ބަހުގެ ހަމަލާތަކެއް އާޒިމާއަށް އަމާޒުވީ ރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރުމަކީ ޖިނާއީ ކުށަކަށް ހަދަންޖެހޭކަމަށް އާޒިމާ ވިދާޅުވުމުންނެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރުކަންވެސް ކުރެއްވި އާޒިމާ ޝަކޫރު މިހެން ވިދާޅުވީ، އަންހެންކުދިން ޚިތާނު ކުރުމާއި ގުޅޭގޮތުން މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެެވެ. އާޒިމާ ޝަކޫރު ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.



އާޒިމާގެ އެވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ ދީނުގައި ކަނޑައަޅުއްވާފައިވާ ކަމެއް، ނެތްކަމަށް ހަދަން އުޅުން ވެސް ޖިނާއީ ކުށަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އައުރަނިވާނުކޮށް އުޅުމަކީވެސް ޖިނާއީ ކުށަކަށް ހަދަންޖެހޭ ކަމަށް އިޔާޒު ވިދާޅުވިއެވެ.





އެފޯރަމްގައި ވާހަކަދައްކަވަމުން އާޒިމާ ވަނީ ކުޑަކުދިންގެ ހައްގުތަކާއިބެހޭ ގާނޫނުގައި ކުޑަކުއްޖަކަށް މައިންބަފައިން އެއްވެސް ކަހަލަ އަނިޔާއެއް ދިނުމަކީ ގާނޫނީ ކުށެއް ކަމަށް ބަޔާންކޮށްފައިވާއިރު އެ ގާނޫނުގެ ދަށުން ވެސް އަންހެން ކުދިން ޚިތާނުކުރާ މީހުންނަށް ފިޔަވަޅު އެޅޭނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމަކީ މިހާރުވެސް ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުއާމީ ކޮންވެންޝަންތަކުގައި ބޮޑު ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

"ބައިނަލްއަގުއާމީ ގޮތުން އެއީ ޖިނާއީ ކުށަކަށްވައްޏާ ދިވެހި ރާއްޖޭގައި ގާނޫނު އަސާސީ ބުނާގޮތުން އެކަން ތަންފީޒުކުރެވޭނެ. އެއީ އަޅުގަނޑުމެންނަށް ލިބޭ ބާރެއް މީހަކަށް އަނިޔާ ދީފިއްޔާ އެއީ ގާނޫނީ ޖިނާއީ އަމަލެއް ނޫންތޯ އެއީ؟ މިކަން ކްރިމިނަލައިޒް ކުރެވެންވީ ދައުލަތުގެ ފަރާތުން މީ ޖިނާއީ އަމަލެއް ކަމަށް ކަނޑައަޅަންވީ. ޕޮލިސީ ލެވެލްގައި އެކަމަށް ހަމަ ފިޔަވަޅު އަޅަންވީ، އޭރުން އެ އޮތީ އެކަން ނިމިފައި." އާޒިމާ ވިދާޅުވިއެވެ.

އަބްހެން ކުދިން ޚިތާނު ކުރުމާބެހޭ ބަހުސް މިފަހަރު ފެށިގެން މިއުޅެނީ ޑރ. އިޔާޒު ޓްވިޓާގައި ހިއްސާކުރެއްވި އެކަމާ ބެހޭ ދިރާސާ ރިޕޯޓަކާއި ގުޅިގެންނެވެ. އެއާއެކު، އަންހެން ކުދިން ޚިތާނު ކުރުމަށް ޑރ. އިޔާޒު ވަކާލާތު ކުރަށްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އޭނާގެ މައްސަލަ މެންބަރަކު ވަނީ ހުށައަޅުއްވާފައެވެ. މިކަމާ ގުޅިގެން އިޔާޒު ވިދާޅުވެފައިވަނީ އޭނާ ހިއްސާ ކުރެއްވީ ބަޔަކު ކޮށްފައިވާ ދިރާސާއެއް ކަމަށާއި އެއީ އޭނާ އެކަމަށް ތާއީދު ކުރަށްވާ ވާހަކައެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-4

Mari

27-Jun-2021

The basis of the discussion of this issue is based on the statement of Allah SWT: وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَنْ يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ ۖ وَأَنْ يَسْتَعْفِفْنَ خَيْرٌ لَهُنَّ ۗ وَاللَّهُ سَمِيعٌ عَلِيمٌ “And women of post-menstrual age who have no desire for marriage - there is no blame upon them for putting aside their outer garments [but] not displaying adornment. But to modestly refrain [from that] is better for them. And Allah is Hearing and Knowing.” Surah al-Nur (60) Dr Iyaz ah komme umureggaives waajib vaane "firihenaage aura " nivaa kuran. Ekamu anhenun nunehey.


6

ޓިބު

27-Jun-2021

އަންހެން ކުދިން ހިތާނައޭބުނީމަ ވަރައް ފޯރި އަރުވައެނު الله މަގުގަ ޖިހާދޭ ކިޔާބަ މިޞޭހުން ތައްފެނޭތޯ


-9

ލޮންސި

27-Jun-2021

ޝެހޫ. ޢަންހެނާ އައުރަނިވާކުރަން އެންގެވީ ރައްބުލްކާއިނާތު. އާޒިމާއަށް މިވަރުނޭނގިއެއް ނޯންނާނެ. ޢަދި ހިސާބުބެއްލެވި ލިބެންޖެހޭ ޖަޒާ ލިބޭނެ. މިކަންވެސް އާޒިމާއަށް އިނގޭނެ. ޢަގީދާއަކީ ގަދަކަމުން ބަނދެބަހައްޓާއެޅޭނެ އެއްޗެއްނޫން. ޢޭނައަށް ވިސްނުނު ދުވަހަކުން އެކަންކުރާނެ. އެއިގެ ކުޑަމިންވަރެއްވެސް ޝެއިހު އުފުލާކަށް ނުޖެހޭނެ. ނޭނގި ނުކުރާބަޔަކަށް ބުނެދިނުމަކީ ރަނގަޅުކަމެއް. ތާއަބަދު މީހުނާފޮށި ބަދުދުއާ ހޯދުމުން ލިބިފަހުރި ސަވާބުކޮޅުވެސް ފެނަށްދާނީ. ތިބާގެ ވަށައިގެންވާ މީހުނަށް ހެޔޮވިސްނުން ދެއްވުންއެދި ދުއާކުރޭ.



ޓްރެންޑިން