ޓެރަރިޒަމްގެ ކުށްތައް ރާއްޖޭގައި ހުއްޓުވުމަށް އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ޖެހޭ ކަމަށާއި, އެކަން ކުރުމުގައި ސަރުކާރު ފަހަތު ފަޔަށް ބުރަ ނުވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކްލަބް ހައުސްގައި އެ ޕާޓީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ރާއްޖެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އަދި އެ ހާލަތުން ރާއްޖެ ސަލާމަތް ކުރުމަށް ރައީސް ސޯލިހް ނުކުންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްގެން ނަމަވެސް، މިހާރު ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އަވަހަށް ފަހަތު ފަޔަށް ބުރަވެ ވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާން މިހާރު ނުކުންނަވާން ޖެހޭނެ.،" ބޮމުގެ ހަމަލާއިން ލިބިވަްައިގެންނެވި ޒަހަމްތަކަށް ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ގައުމުގެ ސަލާމަތް ގެއްލޭ ގޮތާއި ގެއްލޭ މިންވަރު ބަޔާން ކުރާ ނިޝާންތައް ފެންނަކަން ފާހަގަކުރައްވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މިހާރު ގައުމަށް ގެއްލުންދީ، ހަމަލާތަކުގެ ފަހަތުގައި ތިބެނީ ޓެކްނޮލޮޖީގެ ގޮތުން ވެސް ކުރިހޯދާފައި ތިބި ބައެއް ކަމަށެވެ. އަދި ދެން ފެންނާނީ ވަރަށް އަނދިރި މަންޒަރެއް ކަމަށާއި، އެކަން ކުރިއާލާ ނުހުއްޓުވައިފިނަމަ ޖާނުންފިދާވުމުގެ ހަމަލާތައް ދޭން ފަށާފާނެ ކަމުގެ ބިރުވެރި އިންޒާރު ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އަވަހަށް ދޫވެ، އަނެއްކާވެސް މުޖުތަމައުއަށްދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެފަދަ މީހުން ހިފައި ހައްޔަރު ކޮށްގެން ގެންގުޅޭނެ ވަކި ހަމަތަކެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ޓެރަރިޒަމްގެ ކަންކަމުގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މާފު ލިބޭ ކަމަށާއި މިހާރު ފަނޑިޔާރުންނަށް ވެސް މެސެޖެއް ލިބެން ވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގައުމަށް ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިއަދު 15 ދުވަސް 10 ދުވަސް ފަސް ދުވަސް ޖަހާ ދޫކޮށްފައި ހުރިހާ އެންމެން މަގުމަތީގައި ތިބެވޭނެ ގޮތް އެހެން ހައްދަވައިގެން ނުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު