އިސްލާމްދީނުގެ ޙުކުމްތަކާއި ޝިޢާރުތައް ދިފާޢުކޮށް ވާހަކަ ދެއްކުމަކީ ނަފުރަތުގެ ޢަމަލަކަށް ނުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި، ލާދީނީ ގޮވުން މަނާކޮށް އެއީ އަދަބު ލިބޭ ކުށެއް ކަމަށް ކަނޑައަޅާ ބިލެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ޑރ. ޝަހީމް ވިދާޅުވީ ‏އިސްލާމްދީނުގެ މަތިވެރިވެގެންވާ އެއްވެސް ޙުކުމަކާއި ޝިޢާރަކާ ދެކޮޅަށް ވާހަކަ ދެއްކޭ ހިނދު ނުވަތަ ފުރައްސާރަކުރެވޭ ހިނދު، އެޙުކުމްތަކާއި ޝިޢާރުތަކުގެ ދިފާޢުގައި ޙައްޤު ބަސްބުނެ ޢިލްމީ ޙުއްޖަތުގެ މައްޗަށް ބިނާކޮށް ވަކާލާތު ކުރުމަކީ ނަފުރަތުގެ ޢަމަލަކަށް ނުވާނެކަމަށެވެ.



ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުންދާއިރު، ވެރިކަންކުރާ އެމްޑީޕީގެ އިސް މެންބަރުން ދަނީ އެބިލަށް ތާޢީދު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އެބިލަށް ތާއީދު ހޯދުމަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަންވެސް ވަނީ ފަށާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާއި ދީނީ އިލްމުވެރިން ގެންދަވަނީ އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބިލު ދިރާސާކުރާ ކޮމިޓީން މިހާރުވަނީ އަންނަ މަސް ފެށޭއިރަށް އެބިލުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން