އިދިކޮޅު މައިޕާޓީ ޕީޕިއެމަށް މާލޭ ސިޓީކައުންސިލާއި އެހެން ބައެއް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީ ވެރިކަމުގައި އޮތުމުން ކަމަށް އެޕާޓީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް ރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހަންމަދު ޝިފާޒް ވިދާޅުވީ، އިދިކޮޅަށް މާލެ ސިޓީކައުންސިލްގެ މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީ ވެރިކަމުގައި އޮވެ ޕާޓީގެ އަސާސްތަކުގައި ހިފެހެއްޓުމުން ކަމަށެވެ. ޝިފާޒް ވިދާޅުވީ، މީގެ ކުރިން ރައީސް ޔާމިންގެ ވެރިކަމުގައި ބޭއްވި އިންތިޚާބުތަކުގައި ކެމްޕޭންތަކުގައި ބައިވެރިވި ކަމަށާއި، އޭރު ތިންމީހަކަށް އެއް ނުވެވޭކަމަށެވެ. އަދި ކެމްޕޭން ޕޯސްޓަރުތަށް ނައްޓައި، މީހުން ހިފާ ހައްޔަރުކޮށް، ކެމްޕޭނަށް އެކިގޮތްގޮތުން ސަރުކާރުން ހުރަސް އަޅަމުން ގެންދިޔަ ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެއީ ރައީސް ޔާމިން ސަރުކާރުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން މަސައްކަތް ކުރި ހާލަތުކަމަށް ޝިފާޒް ވިދާޅުވިއެވެ.

"އެކަމަކު އިހަކަށްދުވަހު ނިމުނު އިންތިޚާބުގައި އެހެންވިތޯ؟ ނުވާނެ. ހަމަ އެބޭފުޅުންވެސް (އިދިކޮޅު) ހަމަ ބޭނުންގޮތަކަށް ކެމްޕޭން ކުރަންވަންވީ. ތަންމިނަށް އެ މިނިވަންކަން ސަރުކާރުން ދިން. މަދުތަނެއް ނަމަވެސް ކައުންސިލްގެ މެޖޯރިޓީ އާއި މާލެ މޭޔަރުކަމާއެކު ތިޔަ ވަޑައިގެންނެވުނީ އެމްޑީޕީ ވެރިކަމުގައި އޮތީމަ، މިޕާޓީ މި އަސާސްތަށް ހިފެހެއްޓީމަ." ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު މުހަންމަދު ޝިފާޒް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮތްހާ ދުވަހަކު ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ކުރާނެ ކަަމަށެވެ. އެކަމަށް ހުރަސް އަޅަން ބަޔަކު މަސައްކަތް ކުރިނަމަވެސް ނިޒާމް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް އެމްޑީޕީ އާއި ސަރުކާރުން ކުރާނެ ކަމަށް ޝިފާޒް ވިދާޅުވިއެެވެ.

ޝިފާޒް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން މީގެ ކުރިން ނުލިބޭ އެތަށް ބާރުތަކެއް ކައުންސިލްތަކަށް ސަރުކާރުން ދީފައިވާއިރު އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފުމަށް ކައުންސިލްތަކަށް ގޮވާލައްވާފައެވެ.

"މުތުލަގަށް އެބާރު ދެއްވާފައިވަނީ މާލީ ބާރުވެރިކަމާއެކީގައި. އެވަރުގެ ބޮޑު ބާރުވެރިކަމެއް ކައުންސިލްތަކަށް ދޫކޮށްލި ވަގުތު ނާޖާއިޒު ގޮތުގައި އެބާރު ބޭނުންކޮށް ރާއްޖޭގެ ރައްޔިތުން މި އެދޭ ނިޒާމު މާދަމާ ހަލާކޮށްލަން ނޫޅުއްވާ.، އެކަން ނުކުރަށްވާށޭ." ޝިފާޒް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތަންބު

28-Jun-2021

ފެއިލްވީމަ ދޯ


15

ޢެޗް

28-Jun-2021

ހަމަ ތިބުނާ އިންތިހާބުގަ ޕީޕީއ މީހުން މާލެގަ ބަންދުކޮއްފަ ބައިތިއްބާފަ ޝިފާޒު މެން ޕާޓީގޮސް މުޅި ރާއްޖޭގަ ކެމްޕޭން ކުރީ. ހާދަ އަވަހަކައް ތިހަނދާން ނެތެނީ. އެހެންވީމަ ތިކިޔާ އެއްޗެއް ދިމަލެއްނުވޭ.!!!!


4

ެައައި

27-Jun-2021

ކޮސް ގޮވަނީ


12

ބެއްޔާ

27-Jun-2021

ޝިފާޒު ރާބޯވަރުން



ޓްރެންޑިން