ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރާނަމަ ގާނޫނީ ވެރިކަމުގެ މާނަ ގެއްލިދާނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ގިނަވަމުންދާކަމަށް ބުނެ، ކުއްލިއަކަށް ގިނަ ބަޔަކު ހިފައި ހައްޔަރު ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލާފައިވަނިކޮށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ނުސީދާކޮށް ރައްދުދެއްވަމުން ޝަރީފް ވިދާޅުވީ، ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓޭނީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް އިހްލާސްތެރި ކަމާއެކު ދަމަހައްޓައިގެންކަމަށެވެ. އަދި ޖަޒުބާތުގައި ޖެހި ރައްޔިތުންގެ ހައްގު ފުށް ފުށަށް ޖަހަންވެއްޖެނަމަ ގާނޫނުގެ ވެރިކަމުގެ މާނަ ގެއްލިދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ސަލާމަތީ ހިދުމަތްތަކުން މަސައްކަތްތައް ބައްޓަންކުރަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުންފަދަ ކަންކަމުގައި މިހާރު އަމަލުކުރަމުން އަންނަ ގޮތްތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާ ވަނީ ވާހަކަދައްކަވާފައެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމަށް އެއްފަހަރާ ގިނަ ބަޔަކު ހައްޔަރު ކުރުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވަލައްވާފައެވެ. އަދި އެކަމުގައި ފަހަތު ފަޔަށް ބަރު ނުވުމަށް ރައީސް ޞާލިޙަށް ވަނީ ގޮވަލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޤައިމީލޯބި

28-Jun-2021

ނަޝީދަކީ އެއްވެސްއިރެއްގައި ހަމަތަސައްރަފުގައި ވާހަކަދައްކާ ބޭފުޅެއްނޫންކަން އިސްތިއުފާދެއްވި ދުވަހު ވެސް ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގި ވަޑައި ގަންނަވާނެ


-8

ޒަރީރުބެ

27-Jun-2021

ޝަރީފުގެ ވާހަކަ އަށް 100% މަތާއިދު ކުރަން ބޭނުން ވާހާ އިރަކަށް ގާނޫން އަސާސީ މުގުރައެއް ނުލެވޭނެ އަންނި ގެ ވެރިކަން ވެއްޓުނީ ވެސް އެހެން ތެޅިގަތީމަ


25

ޖުހާ

27-Jun-2021

ޜައީސް ނަޝީދު އެހުންނެވީ ވެރިކަމާ ހުރެ ހަމަ އަސްލަށް ވެސް ސައިކޯވެފަ އެމަނިކުފާނުގެ ސަޕޯޓަރުންވެސް މިހާރު އެހެން އެބަބުނޭ



ޓްރެންޑިން