ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ. 16.94 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ މިއަހަރުގެ އޭޕްރީލްމަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، ގިރާފައިވާ ސަރަޙައްދަށް 12000 ކޮޑިމީޓަރުގެ ވެލި އެޅުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން