ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރާނީ އުމަރު ނަސީރު ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިއްމަވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހަށް ފުލުހުން ފޮނުވާ މައްސަލަތަކުގެ 65 ޕަސެންޓަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށް މިއަދު ޕީޖީ އޮފީހުން ބުނި ޚަބަރެއް ހިއްސާކުރައްވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 12،000 އަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އަދި އެ މައްސަލަތަކާއި މަސްތުވާތަކެއްވާ ގުޅުންހުރި ހަމަނުޖެހުންތަކުގައި އެތައް ދަރިންނެއް މަގުމަތިވެފައިވާ ކަމަށް އުމަރު ވިދާޅުވިއެެވެ. އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެއްވެސް ޕާޓީއަކަށް އަދި ވެރިއަކަށްވެސް ހައްލުކޮށްދެވިފައި ނުވާ ކަމެއް ކަމަށެވެ.

"އިރާދަކުރެއްވިޔާ މިމައްސަލަ ހައްލުކުރާނީ އަޅުގަނޑު" އުމަރު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަމުގައި އުމަރު ވަނީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ހައްލު ކުރުމަށް ކުށްވެރިންގެ ފައިގައި ޓެގު އަޅުވައި ގިނަ މަސަައްކަތް ތަކެއް ކުރައްވާފައެވެެ. ނަމަވެސް މިކަމާއި ގުޅިގެން ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން