ސަފީރު، އަލައިނާ ބީ. ޓެޕްލިޓްޒް
ސަފީރު، އަލައިނާ ބީ. ޓެޕްލިޓްޒް
ސްރީލަންކާއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމަށްޓަކައި އެމެރިކާއިން ސްރީލަންކާއަށް އިތުރު 4.5 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފިއެވެ.

މިއަދަދާއި އެކު އެމެރިކާއިން ސްރީލަންކާއަށް ކޯވިޑް-19 އާއި ގުޅިގެން ދިން އެހީގެ ޖުމްލަ 5.8 މިލިއަން ޑޮލަރަށް ވަނީ އަރާފައިވައެވެ. އެމެރިކާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލައިނާ ބީ. ޓެޕްލިޓްޒް ވިދާޅުވީ މި އެހީއަކީ އެމެރިކާއާއި ސްރީލަންކާއާއި ދެމެދު އޮންނަ ދުވަސްވީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ވެވޭ އެހީއެއް ކަމަށެވެ. ފާއިތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ދީފައިވާ އެހީގެ އަދަދު 1 ބިލިއަން ޑޮލަރަށްވުރެ އިތުރެވެ. މި އެހީ ތަކުގެ ތެރޭގައި ސްރީލަންކާގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެމެރިކާއިން ދީފައިވާ 26 މިލިއަން ޑޮލަރުވެސް ހިމެނޭނެކަމަށް ޓެޕްލިޓްޒް ވިދާޅުވިއެވެ.

ލަންކާގެ ޑެއިލީ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ ފަރާތުން ދީފައިވާ މި އެހީގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން ބޮޑެތި އިޖުތިމާޢީ ގެއްލުންތައް ލިބުނު ސަރަހައްދުތަކަށް އެހީވުމަށް 2 މިލިއަން ޑޮލަރު ހިމަނާފައިވާއިރު ކުދި ވިޔަފާރިތަކަށް ވީ ގެއްލުންތަށް ފޫބެއްދުމަށް އެހީވުމަށާއި، އިޤްތިޞާދީ ގޮތުން މަޑުޖެހިފައި ހުރި އެހެނިހެން ކަންކަމަށް 2 މިލިއަން ޑޮލަރު ހިމެނެއެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެމެރިކާއިން ވަނީ 590،000 ޑޮލަރު ސްރީލަންކާއަށް ދީފައެވެ.

ސްރީލަންކާއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 797 އަށް އަރާފައިވާއިރު، އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 9 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން