ކޯވިޑާއި ގުޅިގެން އެންމެ ނުރައްކާތެރި ހާލަތެއްގައި އޮތް ޤައުމަކަށް އިންޑިއާވާނެއެވެ. 12 މިލިއަނަށްވުރެ ގިނަ މީހުން އިންޑިއާއިން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެތައް ސަތޭކަ ހާސް ބަޔަކު ވަނީ އެބަލީގައި މަރުވެފައެވެ. ނަމަވެސް އެޤައުމުގެ މުއްސަނދިންގެ މުއްސަނދިކަން ދިޔައީ އިތުރުވަމުންކަމަށް މަޝްހޫރު ފޯބްސް މަޖައްލާގެ މައުލޫމާތުތަކުން ދައްކައެވެ.

ފޯބްސްއިން މިދިޔަ އޭޕްރީލްމަހު އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ކޯވިޑް ތެރޭގައި އެޤައުމުގައި ތިބި ބިލިއަނަރުންގެ އަދަދު ވަނީ 102 އިން 140 އަށް އިތުރުވެފައެވެ. އަދި އެމީހުންގެ ޖުމްލަ މިލްކިއްޔާތުގެ އަގު 596 ބިލިއަން ޑޮލަރަށް އަރައެވެ.

މިލިޔުމުގެ މިހާހިސާބުން އިންޑިއާގައި މިވަގުތު ތިބި އެންމެ މުއްސަނދި 10 މީހުންނަށް ބަލާލާނަމެވެ.

1- މުކޭޭޝް އަމްބާނީ (84.5 ބިލިއަން ޑޮލަރު)

64 އަހަރުގެ މުކޭޝް އަމްބާނީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ވިޔަފާރިއެއްކުރާ ބިލިއަނަރެކެވެ. ރީޓެއިލް، ޕެޓްރޯލިއަމް، ގޭސް، އިންޑަސްޓްރިއަލް އިންފްރާސްޓްރަކްޗަރ، ސައިންސް، ޓެކްނޮލޮޖީ، ސިއްހަތު، މުނިފޫހިފިލުވުމުގެ އިތުރުން، އެތައް ބައިވަރު ވިޔަފާރިތަކެއްގައި އޭނާ ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހުރިހާ ކަމަކާއެކު އޭނާ ވެފައިވަނީ އިންޑިއާގައި ހުރި އެންމެ މުއްސަނދި މީހާއަށެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 84.5 ބިލިއަން ޑޮލަރަށް އަރައެވެ.



2- ގައުތަމް އަދާނީ (50.5 ބިލިއަން ޑޮލަރު)

59 އަހަރުގެ ގައުތަމް އަދާނީއަކީ އަދާނީ ގްރޫޕްގެ ބާނީ އަދި ޗެއަރމަންއެވެ. އެނާގެ ކުންފުންޏަކީ ހަކަތައާއި، ރެނިއުބަލް އެނާޖީ، ގޭސް، އިންޑަސްޓްރިއަލް އެކި ކަހަލަ މަސައްކަތްކުރާ ވިޔަފާރިވެރިއެކެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 50.5 ބިލިއަން ޑޮލަރަށް އަރައެވެ.



3- ޝިވް ނަދަރު (23 ބިލިއަން ޑޮލަރު)



75 އަހަރުގެ ޝިވް ނަދަރުއަކޯ ސޮފްޓްވެއަރ ވިޔަފާރީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާގެ އެޗްސީއެލް އެންޓަރ ޕްރައިސަސްއަކީ އިންޑިއާގައި 3 ވަނަ އަށް އެންމެ ބޮޑު އައިޓީ ޚިދުމަތްދޭ ކުންފުންޏެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 23.5 ބިލިއަން ޑޮލަރަށް އަރައެވެ.



4- ރާދަކްރިޝްނަން ދަމާނީ (16.5 ބިލިއަން ޑޮލަރު)

ރާދަކްރިޝްނަން ދަމާނީއަކީ ރީޓެއިލްއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ފާހަގަކޮށްލެވޭ މަހުޖަނެކެެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 16.5 ބިލިއަން ޑޮލަރަށް އަރައެވެ.

5- އުދޭ ކޮޓަކް (15.9 ބިލިއަން ޑޮލަރު)

އުދޭ ކޮޓަކްއަކީ ބޭންކިންގ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތަކެވެ. 1985 ވަނަ އަހަރު ފެށި ބޭންކިންގ ފަރމްގެ މަސައްކަތް 2003 ވަނަ އަހަރު ބޭންކަށް ބަދަލުކޮށްލިއެވެ. މިއަދު އޭނާގެ ކޮޓަކް ބެންކަކީ އިންޑިއާގެ އެންމެ ބޮޑު ބޭންކުތަކުގެ ތެރެއިން ބެންކެކެވެ. އަދި އުދޭ ކޮޓަކްގެ މިލްކިއްޔާތުގެ އަގު 15.9 ބިލިއަން ޑޮލަރަށް އަރައެވެ.



6- ލަކްޝްމީ މިތަލް (14.9 ބިލިއަން ޑޮލަރު)

އުމުރުން 70 ލަކްްޝްމީ މިތަލްއަކީ ދަގަނޑާއި ދަގަނޑުގެ ވިޔަފާރިގައި އެންމެ ކުރީގައި އުޅޭ މަހުޖަނެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 14.9 ބިލިއަން ޑޮލަރަށް އަރައެވެ.



7- ކުމާރް ބިރްލާ (12.8 ބިލިއަން ޑޮލަރު)

އުމުރުން އަހަރުގެ ކުމާރް ބިރްލާއަކީ އިންޑަސްޓްރިއަލް ވިޔަފާރިތަކުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ކެމިކަލް، ފެޝަން، ސައިންސްއާއި ޓެކްނޮލޮޖީ، އިންފްރާސްޓްރަކްޗަރ، އަދި ޓެލެކޮމް ވިޔަފާރީގައި އޭނާ ދަނީ ހަރަކާތްތެރިވަމުންނެވެ. ކުމާރް ބިރްލާގެ މިލްކިއްޔާތު 12.8 ބިލިއަން ޑޮލަރަށް އަރައެވެ.



8- ސައިރަސް ޕޫނާވާލާ (12.7 ބިލިއަން ޑޮލަރު)



ސައިރަސް ޕޫނާވާލާއަކީ ޕޫނާވާލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރެވެ. ދުނިޔޭގެ ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި، ސިރަމް އިންސްްޓިޓިއުޓަކީ އެ ގްރޫޕްގެ ދަށުން ހިނގާ ކުންފުންޏެވެ. ސައިރަސް ޕޫނާވާލާގެ މިލްކިއްޔާތުގެ އަގު 12.7 ބިލިއަން ޑޮލަރަށް އަރައެވެ.



9- ދިލިޕް ޝަންގްވީ (10.9 ބިލިއަން ޑޮލަރު)

65 އަހަރުގެ ދިލިޕް ޝަންގްވީއަކީ ފާމަސޫޓިކަލް ވިޔަފާރީގައި ހަރަކާތްތެރިވާ މަހުޖަނެކެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 10.9 ބިލިއަން ޑޮލަރަށް އަރައެވެ.



10- ސުނިލް މިތަލް (10.5 ބިލިއަން ޑޮލަރު)

ސުނިލް މިތަލްއަކީ އިންޑިއާގައި ޓެލެކޮމް ވިޔަފާރީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާގެ ބާރތީ އެއަރޓެލްއަކީ އިންޑިއާގައި ދެވަނަ އަށް އެންމެ ބޮޑު ޓެލެކޮމް ކުންފުންޏެވެ. މީގެއިތުރުން ޖައްވީ މަސައްކަތްތައް، އިންޝުއަރެންސް، ރިއަލް އެސްޓޭޓް، އަދި ޓުއަރިޒަމް ދާއިރާގައިވެސް އޭނާގެ ވިޔަފާރި އޮވެއެވެ. ސުނިލް މިތަލްގެ މިލްކިއްޔާތުގެ އަގު 10.5 ބިލިއަން ޑޮލަރަށް އަރައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން