އާދަމް ޝަރީފް އުމަރު
އާދަމް ޝަރީފް އުމަރު
ހަރުކަށި ފިކުރާ ދެކޮޅަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ ހީނުރާ ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެެވެ.

ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް މިހެން ވިދާޅުވީ ޓެރަރިޒަމްގެ ކުށްތައް ރާއްޖޭގައި ހުއްޓުވުމަށް އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ޖެހޭ ކަމަށް، އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް މި ސަރުކާރުގައި އޮތް ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ ހީނުރާ ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

"ބަދަލު ހިފުމާއި ޖަދަލު ކުރުމަށް ވުރެ ބޮޑަށް ލޮލާއި ކަންފަތާއި ބުއްދީގެ ބޭނުން ރަނގަޅަށް ހިފުން މުހިއްމު." ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކްލަބް ހައުސްގައި އެ ޕާޓީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ވެސް ދީފައިވާ ކަމަށާއި، ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ގައުމަށް ގެއްލުންދީ، ހިންގާ ހަމަލާތަކުގެ ފަހަތުގައި ތިބެނީ ޓެކްނޮލޮޖީގެ ގޮތުން ވެސް ކުރިހޯދާފައި ތިބި ބައެއް ކަމަށެވެ. ރައީސް ނަޝީދު ވަނީ ގައުމު ސަލާމަތް ކުރުމަށް ނިކުމެވަޑައިގަތުމަށް ރައީސުލްޖުމުހޫރިއްޔާއަށް ގޮވާލައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން