ކ-ވ އަބުދު ﷲ ގާޒީ އަދި ހައިލަމް
ކ-ވ އަބުދު ﷲ ގާޒީ އަދި ހައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބުދު ﷲ މުހަންމަދު ހައްޔަރުކުރުމަށް ދެއްކި ބަހަނާތަކުގައި ހަގީގަތެއް އޮތްނަމަ އެ ގާޒީ މިއަދު މަގާމުގައި ހުންނާނެތޯ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.

ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ބޮޑެތި ތުހުމަތުތަކެއްކޮށް އެމަނިކުފާނުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދިރިއުޅުއްވާ ގެއަށް ދަންވަރު ސިފައިންވަދެ ހައްޔަރުކޮށް އެތައް ދުވަހެއް ވަންދެން ސިފައިންގެ ތަމްރީން މަރުކަޒު، ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބޭރުން އަބްދުﷲ ގާޒީ ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކަށްފަހުއެވެ.

7 ފެބުރުއަރީ 2012 ވަނަ ދުވަހު ހިނގާދިޔަ އެ ކަންތައްތަކުގެ ތެރޭގައި އަބުދު ﷲ ގާޒީ ވަނީ ގިރުފުށިން ގެނަސް މިިނިވަންކޮށް ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބުދު ﷲ މުހަންމަދު މިހާރު ހުންނެވީ ފެމެލީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގައެވެ. މިކަން ފާހަގަ ކުރަށްވައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، 2012 ވަނަ އަހަރު އަބުދު ﷲ ގާޒީ ހައްޔަރުކުރުމަށް ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ގިނަ ބަހަނާތަކެއް ދެއްކި ކަމަށެވެ.



"އެދުވަހު ދެއްކެވި ވާހަކައިގެ އެއްވެސް ޙަޤީޤަތެއް އޮތްނަމަ މިއަދު ‎ޖޭއެސްސީ ހިސޯރުކޮށްގެން ތިއްބަވާއިރު ޢަބްދުالله ޤާޒީ މަޤާމުގައި ހުންނާނެތޯ؟" ސުލޫކީ މައްސަލައަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުން ވަކިކުރަން ނިއްމުމުން އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވި ހައިލަމް ވިދާޅުވިއެވެ.

ހައިލަމް މިހެން ވިދާޅުވެފައިވާއިރު ޖޭއެސްސީގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ އެމްޑީޕީގައެވެ. ކުރީގެ ރައީސް، މުހަންމަދު ނަޝީދަކީ ޖޭއެސްސީގެ މެމްބަރެކެެވެ. ޖޭއެސްސީގެ ރައީސަކީ ރައީސް ނަޝީދުގެ ލޯޔަރުންގެ ޓީމުގައި އެންމެ އިސްކޮށް ކުރިން ހަރަކާތްތެރިވެވަޑައިގެންނެވި އެމްޑީޕީ މަޖިލިސް މެންބަރު ހިސާން ހުސައިނެވެ. ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލައެއް މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާފައިވެއެވެ. އެކަމާ ގުޅިގެން އަބުދު ﷲ ގާޒީއަށް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެެވެ.

އަބްދުﷲ ގާޒީ، އޭރު ގާނޫނުތަކާއި އުސޫލުން ބޭރުން ބަންދު ކުރި ކުރިކަމަށް ބުނާ މައްސަލައިގައި ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ވެސް އުފުލިއެެވެ. އެދައުވާ ސާބިތުވެ ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް 2018 ވަނަ އަހަރު ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކާފސ

28-Jun-2021

ނަޝީދު އަކީ އަދި ވެސް ޓެރަރިސްޓް އެއް އޓެރަރިސްޓް ހައްޔަރު ކުރަން ޖެހޭ


9

ކާފސ

28-Jun-2021

ނަޝީދު އަކީ އަދި ވެސް ޓެރަރިސްޓް އެއް އޓެރަރިސްޓް ހައްޔަރު ކުރަން ޖެހޭ



ޓްރެންޑިން