ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭން ކުރީގެ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ ސަލާމަތީ ބާރުތަކަށް މިއަދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ ވަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލަން އެއްވެސް ބަޔަކަށް ކުޑަވެސް ފުރުސަތެއް ނުދޭން ގޮވާލައްވާފައެވެ. އަދި ވޭތުވެ ދިޔަ ތަނުގައި ކަން ހިގާފައިވާ ގޮތަށް ބަލައި ބުއްދި އިސްކުރުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބުދުﷲ ޝަމާލު ޓެގްކުރައްވައި އިބްރާހިމް ދީދީ ވިދާޅުވިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާ އިން ގައުމު ސަލާމަތް ކުރުމުގައި އިސްރޯލެއް އަދާކުރެއްވި އިބްރާހިމް ދީދީ ވިދާޅުވީ، ދުނިޔޭގައި އިސްލާމުންގެ ނަމުގައި ބޮން ގޮއްވައި ހަރުކަށި ފިކުރު ގެންގުޅެފައިވަނީ ތަގުވާވެރިން ނޫން ކަމަށެވެ.

"އަދި ކިއެއްތަ؟ އެއީ އިސްލާމުންގެ ނަމުގައި ކުލީ ސިފައިން، ފަހުގެ ތާރިޚެއްގައި އައިއެސްއެސްއައި އުފެއްދީ އެމެރިކާގެ ޖާސޫސުން." އިބްރާހިމް ދީދީ ވިދާޅުވިއެވެެ.

ދާދިފަހުން ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލުމަށް ނުރައްކާތެރި ބޮމުގެ ހަމަލާ އެއްދީފައެވެ. އެ ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ރާއްޖޭގެ ސަލަމާތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ސަރުކާރުގެ މުހިންމު ތަންތަނުގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ހަތިޔާރާއެކު ސިފައިން މިހާރު ވަނީ ފޯރިމަރަން ފަށާފައެެވެ.

އެހަމަލާއާއި ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް މާލެ އާއި ރާއްޖެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން