ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް ޢިމާރާތްކުރަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އާރުސީސީއާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާރުސީސީއާ ހަވާލުކުރި ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ސްކޫލަކީ ‏ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރާ ސްކޫލެއްކަމަށެވެ. ‏އެޑިއުކޭޝަން މިނިސްޓްރީން ބުނީ 18 މަސްތެރޭގައި ނިންމާ ގޮތަށް އާރުސީސީއާ މިމަސައްކަތް ހަވާލުކުރީ 243,119,269.20 ރުފިޔާއަށް ކަމަށެވެ. ‏އަދި މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 5 އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭގޮތަށް ހަވާލުކުރާ މަޝްރޫޢުއެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މިމަސައްކަތް ހަވާލުކުރި އާރުސީސީގެ އިސް ވެރިއެެއްކަމަށްވާ، ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވީ ‏އާރް.ސީ.ސީގެ އަމާޒަކީ ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ވެދެވެން އޮތް އެހީއެއް ހުރިހާ ގޮތަކުންވެސް ވެދިނުންކަމަށެވެ.



އާރްސީސީން މިހާރު ކުރިއަށް ގެންދާ ސަރުކާރުގެ ތަރައްގީގެ މިފަދަ އެއް މަޝްރޫޢު ކަމަށްވާ ނައިފަރުގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. މި 100 ހައުސިންގ ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފިނިޝިންގގެ މަސައްކަތް ތަކެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިހާރުވެސް ސަރުކާރުގެ 3 ސްކޫލެއް ހިންގަމުން އަންނައިރު އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4 ސްކޫލެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން