ސަރުކާރު ހިންގާ މަައިޕާޓީ އެމްޑީޕީއަކީ ގައުމަށް ހުރި ބިރެއް ކަމަށް އޭނާ ވިދާޅުވި ސަބަބުތައް މިހާރު ފެންނަން ފަށާފައިވާ ކަމަށް އެޕާޓީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެެވެ.

އިބްރާ މިހެން ވިދާޅުވީ ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ޖެހޭކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑަައިގެންނެވި އިބްރާހިމް އިސްމާއީލް ވިދާޅުވީ، ހަމައެކަނި ތުހުމަތުތަކެއްކޮށް މީހުން ހިފާ ހައްޔަރުކޮށް ބަންދުގައި ބައިތިއްބަން ވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެމްޑީޕީއަކީ ބިރެއް ކަމަށް އޭނާ ވިދާޅުވި ސަަބަބު ފެންނަން ފަށާފައިވާ ކަމަށެވެ.

"ހައްގަކީ ހައްގެވެ." އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ، ރައްޔިތުންގެ ހިތުގައި އެމްޑީޕީއަށް ދެވިފައިވާ މަގާމަށް އުނިކަން ލިބެމުންދަނީ ކަންބޮޑުވާ ދަރަޖައަށް ކަމަށެވެ.

"ޕާޓީގެ ލީޑަރޝިޕްގައި ތިބި މީހުން ޕާޓީ އުފެއްދި އަސާސްތަކާއި އިދިކީލި ވާހަކަ ދެއްކުމުގެ ނަތީޖާ." އެމްޑީޕީއަށް އޮތް ރައްޔިތުންގެ ތާއިދާއި މަގުބޫލްކަމަށް ހީނަރުކަން އަންނަ ސަބަބު ހާމަކުރައްވަމުން އިބްރާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ދެކޮޅަށް އެއްފަހަރާ ގިނަ ބަޔަކު ހައްޔަރުކުރަންޖެހޭ ކަމަށް ރަައީސް ނަޝީދު ވިދާޅުވުުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެެވެ. މިމައްސަލައިގައި ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ އެމަނިކުފާނަކީ އިންސާފުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމާ ދެކޮޅަށް ފެށުނީއްސުރެ ވަކާލާތު ކުރަށްވާ ބޭފުޅަކަށް ވާތީއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެމްޑީޕީއަކީ މީހުން ހައްޔަރުކޮށް ޖަލަށްލައި އަނިޔާ ކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށެވެ. ޕާޓީއަށް 16 އަހަރު ފުރުނުއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ފިކުރަށް ރުޖޫއަ ނުވުމަށް ރީކޯ މޫސަ ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން އިދިކޮޅު ޕީޕިއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީޕިއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި އެއްވެސް އަސާސެއް ނެތި ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް މީހުން ހިފާ ހައްޔަރުކުރުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ގާނޫނާ ހިލާފަށް އެއްވެސް މީހަކު ހައްޔަރުކުރުމާ އެ ކޯލިޝަނުން ދެކޮޅު ހަދާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހިލަބެ

30-Jun-2021

ބޭނުންވާކަން ހާސިލްކުރުމައްޓަކާ ގާނޫނެއްގަވާއިދެއް ބޭނުމެއްނޫވޭ އެހެންވެނޫންތޯ ސީދީވިދާޅުވީ ގާނޫނަކީ އެއިރެއްގައި ވެރިކަމުގައި ހުރިމީހެއްގެހިތޭ. ހީވާކަހަލަ އަހަރެމެންނަކީ ބަފާގެ ބަކަރިކޮށީގައިތިބި ބަފާކާންދީބޮޑުކޮށްފައިވާ ބަކަރިތަކެކޭ.



ޓްރެންޑިން