މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނާއެކު އޮތް ޓީމަކީ ރާއްޖެެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ލިބިފައިވާ ބޭފުޅުން އެކުލެވޭ ޓީމެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރަށްވައި، ރައީސް ސާލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ރާއްޖެއަށް ކޯވިޑާއި ގުޅިގެން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އިގްތިސާދީގޮތުން މިއީ ވަރަށް ދަތި، އުނދަގޫ ދުވަސްތަކެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި، އެއީ ތައުރީފް ހައްގު މަސައްކަތެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ. ޝަރީފުގެ ވާހަކައިގައި ވެރިކަމުގެ ދަހިވެތިކަމުގައި އެމަނިކުފާނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައި ވެއެވެ.



ޝަރީފް ވިދާޅުވީ ގައުމު ނުރައްކާތެރި ކާރިސާއެއްގެ ތެރޭގައި އޮތްއިރުވެސް މަޑުމައިތިރި ކަމާއި ކެތްތެރިކަމާއި އިތުބާރާއެކު ރައީސް ޞާލިހު ގެންދަވަނީ ލީޑަރޝިޕް ދައްކަވަމުން ކަމަށެވެ. އަދި ގައުމު މިހާބޮޑަށް ބައިބައިވެ އަދި ސިޔާސީ ގޮތުން ރާއްޖެ ނުދެކޭފަދަ ހަލަބޮލި ކަމެއްގެ ތެރޭގައި އޮތް ދުވަސްވަރެއްގައި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރައީސް ސާލިހު ކުރައްވާ މަސައްކަތްތައްތަކަކީ ތާރީޚުގައި ލިޔެވި ހަނދާން އާކޮށް ފާހަގަ ކުރެވޭވަރުގެ ކަންތައްތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ފަހަތްޕުޅުގައި އެހީތެރިވާން ތިއްބެވީ އިޤުތުިޞާދީ ގޮތުންވެސް ވަރަށް ގާބިލު ބޭފުޅުންކޮޅެއް ކަމަށާއި އަދި އެމަނިކުފާނާއެކުގައި ތިއްބެވި ކޯލިޝަން ޕާޓްނަރުންނަކީވެސް އެހާމެ ގާބިލު ބައެއްް ކަމުގައި ޝަރީފު ވިދާޅުވެފައި ވެއެވެ.



ޝަރީފް ވިދާޅުވީ ރައީސް ސާލިހަކީ މިދަތި ހާލަތުގައި ވެސް ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެވޭނެ ބޭފުޅެއްކަމަށެވެ.



ޝަރީފް ރައީސް ސާލިހަށް ތައުރީފްކުރަށްވައި ވާހަކަދައްކަވަމުންދާއިރު، ޝަރީފަކީ ރައީސް ނަޝީދު ސަރުކާރުގެ އެކި ކަންކަމާއި ދެކޮޅަށް ހިންގަވާ އަމަލުފުޅުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. މީގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް ޝަރީފަށް ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންގެ ފާޑުކިޔުންތައްވެސް ޝަރީފަށް އަމާޒުވަމުން ދާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން