ކ-ވ ރައީސް ނަޝީދު އަދި ޝުއައިބު
ކ-ވ ރައީސް ނަޝީދު އަދި ޝުއައިބު
އެއްފަހަރާއި ނިކުމެ ގިނަ ބަޔަކު ހައްޔަރުކުރަންޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކީ ބިރުވެރި އިންޒާރެއްގެ ރަނގަބީލެއް ކަމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނާއިބް މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނާއިބް މުގައްރިރު ޝުއައިބު އަލީ ވިދާޅުވީ، އެމްޑީޕީގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް މުހަންމަދު ނަޝީދު ދެއްކެވި އެ ވާހަކަފުޅަކީ ބިރުވެރި އިންޒާރެއްގެ ރަނގަބީލެއް ކަމަށެވެ. އެމަނިކުފާނު އެ އެންގެވީ ގާނޫނުއަސާސީއަށް ބެލުމެއް ނެތި ވަކި މުއްދަތެއް ނެތް ގޮތަށް ބޭނުންކޮންމެ ރައްޔިތަކު ޖަލަށްލައި ހައްޔަރުކުރުމަށް ކަމަށް ޝުއައިބު ވިދާޅުވިއެވެ.



"މިއީ މިއިން ޒަމާނަކު ޑިމޮކްރަސީއަށް ކުރިމަތިވި އެންމެ ކަޅު ދުވަސް." ރައީސް ސޯލިހާއި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ އާއި އެމްޑީޕީ ޓެގްކުރައްވައި ޝުއައިބު ވިދާޅުވިއެވެ.

މީގެއިތުރުން ރަައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝުއައިބު ވިދާޅުވީ، ރައީސް ނަޝީދަކީ ޑިމްކޮރަސީގެ ބައްޕަ، ނެލްސަން މަންޑޭލާއާއި ގާނދީ ފަދަ ބޭފުޅެއް ކަމަށް ދައުވާ ކުރަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.

"ނޯބަލް ޕީސް ޕްރައިސް ހޯދުމަށް ތާއަބަދު މަސައްކަތްކުރި އެމްޑީޕީގެ ރައީސް ނަޝީދުގެ ސިފަ ބަދަލުވެއްޖެ." ޝުއައިބު ވިދާޅުވިއެވެ.

ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެއްފަހަރާ ގިނަ ބަޔަކު ހައްޔަރުކުރަންޖެހޭ ކަމަށް ރަައީސް ނަޝީދު ވިދާޅުވުުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެެވެ. މިމައްސަލައިގައި ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ އެމަނިކުފާނަކީ އިންސާފުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމާ ދެކޮޅަށް ފެށުނީއްސުރެ ވަކާލާތު ކުރަށްވާ ބޭފުޅަކަށް ވާތީއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެމްޑީޕީއަކީ މީހުން ހައްޔަރުކޮށް ޖަލަށްލައި އަނިޔާ ކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން އިދިކޮޅު ޕީޕީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



ޕީޕިއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި އެއްވެސް އަސާސެއް ނެތި ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް މީހުން ހިފާ ހައްޔަރުކުރުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ގާނޫނާ ހިލާފަށް އެއްވެސް މީހަކު ހައްޔަރުކުރުމާ އެ ކޯލިޝަނުން ދެކޮޅު ހަދާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ވަޙީދު

30-Jun-2021

2012ގައިވެސް ވީ ތިގޮތަށް އަމުރު ނެރުމުން ފުލުހުންނަށް ނުކަތާވަރު ވެގެން.



ޓްރެންޑިން