އިސްލާމްދީނަކީ ހަމައެކަނި އަޅުކަމެއް ނޫންކަމަށާއި އެއީ ފުރިހަމަ އަދުލުވެރި ނިޒާމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، އިސްލާމްދީނުގެ އެކި ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ މުޖްތަމުއުގައި ތަފާތު ބަހުސްތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޑރ. ޝަހީމް ވިދާޅުވީ ‏އިސްލާމްދީނަކީ ހަމަ އެކަނި އަޅުކަމެއްނޫންކަމަށާއި އެއީ ޢަޤީދާއާއި އަޅުކަމާއި މުޢާމަލާތާއި އަޚުލާޤާއި ދައުލަތް ހިންގުމުގެ އުޞޫލުތަކާއި އިޤުތިޞާދީ މަބްދައުތަކާއި ޢުމްރާނީ ތަރައްޤީއާއި މަދަނީ ޙަޟާރަތް ބިނާކުރުމުގެ އެންމެހާ ކަންކަން ބަޔާންވެގެންވާ ފުރިހަމަ ޝާމިލް ޢަދުލުވެރި ނިޒާމެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



ރާއްޖޭގައި ދީނީ އެކި ކަންކަމާއި ގުޅޭގޮތުން މިދުވަސްވަރު ތަފާތު ބަހުސްތައް ކުރަމުން އަންނައިރު، އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އަންހެން ކުދިން ހިތާނު ކުރުމާއި ލާދީނީ ގޮވުން ހުއްޓުވުމުގެ ބިލުގެ ވާހަކައެވެ. އެބަހުސްތައް އެކިއެކި ފޯރަމް ތަކުގައި ކުރެވެމުންދާއިރު އިސްލާމް ދީނުގެ އިލްމްވެރިންނަށް ގިނަ ކަނބަލުންގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ މިފަދަ ތަރައްގީގެ ޒަމާނެއްގައި އެފަދަ ކަމަކަށް ބައެއް ދީނީ ޢިލްމްވެރިން ތަރުހީބުދީ ހިތްވަރުދޭ ކަމަށް ބުނެއެވެ.

ޑރ. ޝަހީމް ފާހަގަވެފައިވަނީ އަންހެން ކުދިން ހިތާނު ކުރުމާއި ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އާންމު ތަނެއްގައި އިސްލާމަކަށް އަމާޒުކޮށް ލާދީނީ މީހެއްކަމަށް ބުނުމާއި އެގޮތަށް ސިފަކުރެވޭ ގޮތަށް ވާހަކަ ދެއްކުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ނަފުރަތުގެ އަމަލުތައް ބަޔާންކޮށް ސަރުކާރުން ހުށައެޅި ބިލުގައި ހިމަނާފައިވާ މައްސަލައިގައިވެސް ޑރ. ޝަހީމު ގެންދަވަނީ އޭނާގެ ރަޢުޔާއި ޚިޔާލު ފާޅުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން