އެމެރިކާއިން ފުރައިގެން ޓައިވާނަށް ދަތުރުކުރަމުންދާ ހޮންކޮންގގެ "އެމް.ޓީ - ނިއު މެލޮޑީ" ނަމަކަށްކިޔާ އާގު ބޯޓުގައި އޮތް ހާލުބޮޑު ބަލި މީހަކު ޞިއްޙީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އައްޑޫސިޓީ ފޭދޫއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 21:58 ހާއިރުއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު މިއަދު ސ. ގަމުގެ އިރުން އަށް ނޯޓިކަލް މޭލާ ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑު ލޯންޗަށް ނަގާފައެވެ.



އެމްއެންޑީއެފުން ބުނީ ޗައިނާގެ ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ މި ފިރިހެން މީހާ އައްޑޫސިޓީ ފޭދޫއަށް ގެންގޮސްދީފައި ވަނީ މިއަދު ހެނދުނު 11:27 ހާއިރު ކަމަށެވެ. ނަމަވެސް އޭނާ ކުއްލި ހާލަތުގައި ފަރުވާދޭން ރާއްޖެއަށް ބޭލީ ކޮން ބައްޔެއްގެ ސަބަބުން ކަމެއް އެމްއެންޑީއެފަކުން ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން