އަންހެނުން ހިތާނުކުރުމާއި ގުޅޭގޮތުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ދެއްކެވި ވާހަކައަށް މައާފަށް އެދިވަޑައިގެންފިއެެވެ.

ޑރ. އިޔާޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އޭނާ ވަކާލާތުކުރައްވާ އަދި ހިތްވަރުދޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އޭނާ ދެއްކި ވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ޙައްޤުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މާފަށް އެދިވަޑައިގަންނަވާ ކަމަށް އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ ފެށުނީއްސުރެ އޭނާ ދަންނަވަމުން އަންނަނީ އަންހެނުން ޚިތާނުކުރުމުގެ މައްސަލައަކީ އިސްލާމް ދީނުގައި އަސްލެއް އޮތް ކަމެއްކަމުގައެވެ. އަދި އެއީ ދީނުގައި އަސްލެއް ނެތްކަމެކޭ ބުނުމަކީ އޮޅުވާލުމެއްކަމަށް އިޔާޒު ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.



ޑރ. އިޔާޒް ވިދާޅުވީ އިސްލާމް ދީނަކީ ހުރިހާ އިންސާނުންގެ ޙައްޤު ދެއްވި، އަދި އެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާ ދީނެއްކަމަށެވެ. އަދި ލާދީނީ ފަރާތްތަކާއި، މުލްޙިދުން އަބަދުމެ ކުރަމުން އަންނަ މަސައްކަތަކީ އިސްލާމްދީނަކީ އަނިޔާވެރި ލާއިންސާނީ ދީނެއްގެ ގޮތުގައި ސިފަކޮށް މީހުން އިސްލާމްދީން މަތިން ފޫހިކުރުވާ އިސްލާމްދީނާމެދު ނަފްރަތާއި ޢަދާވާތްތެރިކަން އުފެއްދުމުގެ މަސައްކަތްކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފަރާތްތަކާމެދު ދިވެހި ރައްޔިތުންނާއި، ދީނީ ޢިލްމުވެރިން އިތުރަށް ސަމާލުވެ، މިފަދަ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ޑރ. އިޔާޒު ވަނީ ގޮވާލައްވާފައެވެ.

ޑރ. އިޔާޒު ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ވަކިކަމެއްގައި، ދީނީ ބޮޑެތި ޢިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާ ހަވާލާދީ، ދެކޮޅު އޮތްކަން ބަޔާންކޮށްގެން އޭނާއަށް ނުވަތަ އެހެންފަރާތަކަށްވެސް އަދަބެއް ދެވިގެން ނުވާނެކަމަށެވެ. އަދި އެފަދަ ކޮންމެ އަދަބެއް ވާނީ ބޭއިންސާފުން ދެވޭ އަދަބަކަށްކަމަށާއި އަދި އެފަދަ އަދަބަކީ ޙައްޤު އަދަބެއްކަމަށް ބުނާނީ ކޮން ހަމަޔަކުންތޯ އިޔާޒު ސުވާލުކުރަށްވާފައިވެއެވެ.

އަންހެނުން ކުދިން ހިތާނު ކުރުމާއި ގުޅޭގޮތުން ޑރ. އިޔާޒު ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާ ދެއްކި ވާހަކަތައް ކުށްވެރިކޮށް ފާޑުކިޔާފައެވެ. އަދި އެއީ ބަލައިގަނެވޭނެ ވާހަކަތަކެއްވެސް ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޑަރު

30-Jun-2021

ކަމެއްގެ ވާހަކަ ދީނުގަ އޮންނަ ގޮތޭކިޔާއިރު ޤުރުއާނާ ސުންނަތުން ނުދެއކޭނަމަ ހިތާމަކުރަންޖެހޭ ޑެން އެވާނީ ފިތުނައަކަށް


1

މުޙައްމަދު

30-Jun-2021

ޢިޔާޒްގެ ވާހަކަތައް ދޭހައެއް ނުވާނެ މި ލާދީނީ ގަންޖާ ބޯތަކަށް! ކިތަންމެ ތަފްޞީލުކޮށް ބުނެދިނަސް ބައެއްފަރު ޖާހިލުންގެ ޖާހިލުކަން ވަނީ އިތުރު.



ޓްރެންޑިން