އެއްވެސް އިރެއްގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހަކަށް އެމެރިކާގެ އަސްކަރިއްޔާގައި ހިދުމަތް ކުރުމުގެ ފުރުސަތު ނުދޭނެކަމަށް އެމެރިކާގެ އަސްކަރިއްޔާއަށް ވަނުމަށް އެދި ހުށައަޅާ ފަރާތްތައް ސްކްރީން ކުރާ، މެޕްކޮމް އިން ބުނެފިއެވެ.
މިލިޓަރީ ޓައިމްސް އާއި ހަވާލާދީ ނިއުސްވީކްގައި ލިޔެފައިވާގޮތުގައި އެފަރާތުން އާންމުކޮށްފައިވާ މިމައުލޫމާތު ހިމެނޭ މެމޮރެންޑަމްގެ ސައްހަކަން ޕެންޓަގަން އިން ވަނީ ޔަގީން ކޮށްދީފައެވެ.
އެ މެމޯގައި ލިޔެފައިވާގޮތުގައި އެމެރިކާގެ ސިފައިންގެ ތެރެއަށް ވަނުމަށް ސިއްހީ މައުލޫމާތު އޮޅުންފިލުވުމަށް ކުރާ އިންޓަރވިއުއިން ނުވަތަ ލެބޯޓްރީއަކުން ހަދާ ޓެސްޓުތަކުން އެ މީހާއަކީ އެއްވެސް އިރެއްގައި ކޯވިޑް-19 ޖެހިފައިވާ މީހެއްކަން ޔަގީން ކުރެވިއްޖެނަމަ އެމީހަކަށް ދުވަހަކުވެސް އެމެރިކާގެ އަސްކަރިއްޔާގައި ހިދުމަތްކުރުމުގެ ފުރުސަތު ނުދެވޭނެކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވަޒީފާދޭ މީހުންގެ މިޝަރުތު ފުރިހަމަވޭތޯ ބެލުމަށް އަސްކަރިއްޔާގެ ވަޒީފާއަށް މީހުން ނަގާ 65 މަރުކަޒަށް ވެސް މި މެމޯގައި އަންގާފައިވެއެވެ. އެގޮތުން އަސްކަރިއްޔާ ވަނުމަށް ކުރިމަތިލާ އެއްވެސް މީހެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތެއް ފެނޭތޯ ބަލަންވާނެކަމަށާއި، އަލާމާތެއް ފެނިއްޖެ ނަމަ އެމީހަކު 14 ދުވަސްފަހުން އަލުން އައުމަށް އަންގާ ފޮނުވާލުމަށްވެސް ބުނެފައިވެއެވެ. އަދި ޓެސްޓަކުން ވައިރަހަށް ޕޮޒިޓިވްވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިނުގަނެވޭނެކަމަށާއި، އެފަރާތްތަށް މުޅި އުމުރަށް ޑިސްކޮލިފައި ކޮށްލެވޭނެކަމަށްވެސް މި މެމޯގައި ވެއެވެ.
މި މެމޯގެ ސަބަބުން ސިފައިންގެ ތެރޭގައި ހިދުމަތް ނުކުރެވެނީ ކޮރޯނާވައިރަސް ޖެހި ރަނގަޅުވެފައި ތިބޭ މީހުންނަށް އެކަންޏެވެ. ނަމަވެސް އެހެން ވައިރަލް އަދި ވައިރަލް ނޫން ރޯގާތައް ޖެހިފައި ތިބޭ މީހުންނަށް އަސްކަރިއްޔާގައި ހިދުމަތްކުރުމުގެ ފުރުސަތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު