ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރ" ސިލްސިލާގެ ތިންވަނަ ޕްރޮގްރާމް އަންނަ ހޯމަދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ "އާސްކް ސްޕީކަރ" ޕްރޮގްރާމްގެ 3 ވަނަ ޝޯވ އޮންނާނީ 5 ޖުލައި ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:00 ގައިކަމަށެވެ. އަދި މި ފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފަވަނީ ވަރޗުއަލްކޮށް "ކްލަބް ހައުސް" އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ. މިފަހަރުގެ ޕްރޮގްރާމްގައި ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގަންނަވާނެކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.
މި ޕްރޮގްރާމް ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދުރަށް ދައްކާއިރު މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި ސުވާލު ފޮނުއްވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައިކަމަށާއި އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެ ގޮތް ވެސް ހަމަޖައްސާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.
"އާސްކް ސްޕީކަރ"ގެ ފުރަތަމަ ޕްރޮގްރާމް 7 ޑިސެމްބަރު 2019 ގައި ބާއްވާފައިވާއިރު، 2 ވަނަ ޕްރޮގްރާމް ބާއްވާފައިވަނީ 7 ޑިސެމްބަރު 2020 ގައެވެ.

#AskSpeaker : 5th July 2021 at 21hrs pic.twitter.com/xqxAW3QIv9
— People's Majlis (@mvpeoplesmajlis) June 28, 2021
މި ޕްރޮގްރާމް ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދުރަށް ދައްކާއިރު މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި ސުވާލު ފޮނުއްވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައިކަމަށާއި އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެ ގޮތް ވެސް ހަމަޖައްސާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.
"އާސްކް ސްޕީކަރ"ގެ ފުރަތަމަ ޕްރޮގްރާމް 7 ޑިސެމްބަރު 2019 ގައި ބާއްވާފައިވާއިރު، 2 ވަނަ ޕްރޮގްރާމް ބާއްވާފައިވަނީ 7 ޑިސެމްބަރު 2020 ގައެވެ.
ކިޔުންތެރިންގެ ހިޔާލު