ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 48 އަަހަރުގެ ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވީ ރޭ 2:33 ހާއިރުކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 210 ވަނަ މީހާއެވެ.



ކޯވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 210 މީހަކު ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 191 ދިވެހިންނާއި 18 ބިދޭސީންނެވެ.

މިއަހަރުގެ މޭމަހުން ފެށިގެން ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން ބަލިން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް މާލެއާއި ބަލި ފެތުރޭ ރަށްތަކުގައި ކާފިއުގެ ފަގުތު އިތުރުކޮށް ހުއްދަ ނުހޯދައި އެއްވެސް ވަގުތެއްގައި ބޭރަށް ނުކުމެ ނޫޅެވޭ ގޮތަށް ހެދުމާއި ހޮޓާ، ކެފޭ، އަދި ރެސްޓޯރެންޓް ތަކަށް މީހުން ވައްދައިގެން ޚިދުމަތް ދިނުން މަނާކޮށް އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުން މަނާކުރުން ފަދަ ފިޔަވަޅު ތަކާއެކު ކޯވިޑަށް ޕޮޒިޓިވްވާ މިންވަރާއި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް މިހާރު ވަނީ ދަށްކުރެވިފައެވެ. އެގޮތުން މުޅި ރާއްޖޭގެ އަދަދުތައް 200އިން ދަށަށް ގޮސް މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ރޭޓް ވެސް ވަނީ ފަންސާހުން ދަށްކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން