ދީނީ ކަންކަމުގައި ފަތުވާ ދޭންވާނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނުގެ ޢިލްމްވެރިއެއް ކަމަށްވާ ޝައިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ދީނީ އިލްމުވެރިން ތަފާތު ފަތުވާތައް ނެރެމުންދާއިރު، ދީނީ ޢިލްމްވެރިން ފަތުވާދިނުމުގައި ގެންގުޅުއްވާންޖެހޭ ހަމަތަކާއި އުސޫލުތަކާއިމެދު ބައެއް ބޭފުޅުން ޚިޔާލުފާޅުކުރަށްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބައެއް ބޭފުޅުން އެއީ ދީނުގައި އޮންނަކަމެއްކަމަށް ބުނާއިރު، އަނެއްބައި އިލްމުވެރިން ދަނީ އެކަމާއި ދެކޮޅަށް ވާހަކަދައްކަމުންނެވެ. މިކަން އޮންނަ ގޮތް އޮޅުންފިލުވައިދީ ފަތުވާ ދިނުމުގައިވެސް ބައެއް ދީނީ ޢިލްމްވެރިން ގެންގުޅުއްވާ ގޮތްތަކާމެދު މެދުވެސް އިލްމްވެރިންގެ މެދުގައި ވަނީ ޚިޔާލުތަފާތުވެފައެވެ.

ޝައިޚް ޒައިދު ވިދާޅުވީ ޢިލްމީ އަމާނާތަށް ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މީހުންގެ އިމޯޝަންސްއަށް (އިހުސާސްތަކަށް) ބަލައިގެން ފަތުވާދިނުމަކީ ގޯހެއްކަމަށާއި ފަތުވާދޭންވާނީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކުގައި ކަމަށް ޒައިދު ވިދާޅުވިއެވެ. އަދި ވަކިކޮޅެއް ތަރުޖީޙު ކުރިޔަސް ބޮޑެތި ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް މައްސަލައެއްނަމަ އެވާހަކަ ބުނެވެން ވާނެކަމަށް ޒައިދު ވިދާޅުވިއެވެ.



އަންހެނުން ކުދިން ހިތާނު ކުރުމާއި ގުޅޭގޮތުން ޑރ، މުހައްމަދު އިޔާޒު ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބޮޑުވެފައިވާއިރު، ރާއްޖޭގެ ފަތުވާ މަޖިލީހުން ދަނީ އެކަމާއި މަޝްވަރާކޮށް ފަތުވާއެއް ނެރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އިޔާޒު ވަނީ އޭނާއަކީ އަންހެން ކުދިން ހިތާނު ކުރުމަށް ވަކާލާތު ކުރާ މީހެއް ނޫންކަމަށާއި، އަދި އެކަމަށް ހިތްވަރުދޭ މީހެއްވެސް ނޫންކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން