މިސަރުކާރުން ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި ރަށްތަކަށް އެކަށީގެންވާ ވަރަށް ބިޑު ހުށައަޅާފައި ނުވުމަކީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ނެތްކަން ހާމަވާ ކަމެއްކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ސީރިއަސް އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާކަން ސާބިތުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުކޮށްފިކަމަށެވެ. އެގޮތުން ބޮޑު ޑިސްކައުންޓެއް އަޅުވައިގެން ހުޅުވާލުމުންވެސް 16 ރަށަށް ލިބުނީ 13 ބިޑްކަމަށް މަލީހް ވިދާޅުވިއެވެ.

އެއީ ގަސްތުގައި އެމްޑީޕީން ކުރާކަމެއް ކަމަށް ތުހުމަތު ކުރަށްވައި މަލީހު ވިދާޅުވީ މިއީ ދައުލަތަށް ގެއްލުންދޭން ކުރާ މަސައްކަތެއްކަމަށާއި މިމަސައްކަތް ހުއްޓުވަންޖެހޭކަމަށެވެ.



ޓުއަރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި 7 އަތޮޅަކުން 16 ރަށެއް ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 9 ފަރާތުން 7 ރަށަކަށް 13 ބީލަން ހުށަހަޅާފައިވާކަމަށެވެ. ބީލަން ހުށަހަޅާފައިވާ ރަށްރަށަކީ، ހއ. ވެލިފިނޮޅު، މ. ސީދީހުރާއާއިއެކު ސީދީހުރާ ވެލިގަނޑު، ތ. ކާއްޑޫ، ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅު، ލ. ބޮޑުމުންޏަފުށި، ގއ. ފުނަދޫވިލިގިއްޔާ އަދި ގދ. ކަނޑަހަލަގަލައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން އަގުގެފަރަގު އެންމެކުޑަ ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 އިންސަތައަށްވުރެ އިތުރު ކަމަށެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ ބީލަން އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށް އޮތް 3 ހަފްތާތެރޭގައި ނިންމާލެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން