ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅުގެ ސެކިއުރިޓީ ދަށްކޮށްފިކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު، އަދި މަޝްހޫރު ޤާނޫނީ ވަކީލު ނާޒިމް ސައްތާރު މިއަދު ވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގޭގެ ސެކިއުރިޓީ ދަށްކޮށްފައިވާކަމަށް ތުހުމަތުކުރަށްވާފައެވެ. އަދި އެއީ ކީއްވެގެން ކުރި ކަމެއްތޯ ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު އަރިހުން ނާޒިމް ސުވާލުކުރައްވާފައިވެއެވެ.



ބައެއް މީޑިއާތަަކަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ބޮމުގެ ހަމަލާއާ ގުޅިގެން ކެނެރީގޭ ސެކިއުރިޓީ ބެލެހެއްޓުމަށް ހަތިޔާރާއެކު އެމްއެންޑީއެފް ހަ ބޭފުޅުންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ބޭފުޅަކު ހުންނަވާ މަށެވެ. ނަމަވެސް އިއްޔެއާއި މިއަދު، ހަތިޔާރު އެޅި ހަ ބޭފުޅުން ނެތްކަމަށާއި ހަމައެކަނި ހުންނަނީ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ބޭފުޅަކުކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގެކޮޅުގެ އިތުރުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ގެކޮޅަށް ފޯރުކޮށްދެމުން އައި ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވާކަމަށްވެސް ވަނީ އަޑުތައް ފެތުރިފައެވެ. އެގޮތުން އީވާގެ ގެކޮޅުގައި ފާރަވެރިވާން ތިބޭ ސިފައިން މިހާރު ނުތިބޭކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރގެ ބަހެއް ލިބޭތޯ އަޅުގަނޑުމެން ކުރި މަސައްކަތުން އެކަމަނާއާއި ގުޅޭގޮތް ނުވާތީ އަދި އެމައުލޫމާ ސާފުވާ ގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން