ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:00 ޖަހާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކަމަށެވެ. އަދި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގަންނަވާނެއެވެ.



"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ބާއްވާ ޕްރެސް ކޮންފަރެންސްގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭނެ ލުއިތައް އިއުލާންކުރައްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން