ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ރަށްރަށަށް ދަތުރުނުކުރެވޭ ގޮތަށް އުސޫލުގައި ކަނޑައެޅުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ރަށްރަށަށް ދަތުރުކުރެވޭ ގޮތް ހެދުންވެސް ހިމެނެއެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައި ވާގޮތުން ކަރަންޓީންނުވެ ރަށްރަށަށް ދަތުރުކުރެވެނީ ކޯވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށެވެ. ކޯވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީންވުމަކާއި ނުލައި ރަށްރަށަށް ދަތުރުކުރެވެނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. ނަމަވެސް ވެކްސިން 2 ޑޯޒް ޖެހުމަށްފަހު، ހަމަކުރަންޖެހޭ މުއްދަތު ހަމަކޮށްފައިވާ ފަރާތްތަކަށް ދަތުރުކުރެވޭ އުސޫލެއް މިފަހަރަކު ނެތެވެ.

ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ މިމައްސަލައިގައި ރޮޒައިނާ ވިދާޅުވީ ކޯވިޑް ޖެހި ރަނގަޅު ވެފައިވާ މީހުންނަށް ދަތުރުކުރެވޭނެނަމަ، ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށްވެސް ދަތުރުކުރެވެން ވާނެކަމަށެވެ. އެހެން ނޫނީ ވެކްސިން ޖެހުމުގެ ބޭނުމެއް ނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާގެ އިތުރުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސަރުކާރުގެ ނިންމުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ރައީސް ސާލިހު އިއްޔެ ވިދާޅުވީ ކޯވިޑް-19ގެ 2 ޑޯޒް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ލުއިދިނުމާއި ގުޅޭގޮތުން އަަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ. މިހާތަނަށް ދެޑޯޒް ވެކްސިން ޖެހިފައިވަނީ ސާޅީހަކަށް އިންސައްތަ މީހުންނަށް ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކަށް ދެޑޯޒް ދެވުމުން އެފަރާތްތަކަށް ލުއިތަކެއް ދޭނެކަމަށް އިއްޔެބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ދީފައިވާ ލުއިތަކުގެ ތެރޭގައި ބުރާސްފަތިދުވަހުން ފެށިގެން ކާފިއު ގަޑި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ބަދަލުކުރުން ހިމެނެއެވެ. އަދި ކާފިއު ގަޑި ނޫން ގަޑިތަކުގައި ހުއްދައަކާއި ނުލައި އާއްމުންނަށް ބޭރުގައި އުޅެވުމާއި، ކާފިއު ގަޑިތައް ނޫން ވަގުތުތަކުގައި، އާއްމުކޮށް ހުރިހާ ވިޔަފާރިތަކެއް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް ނިންމެވުން ހިމެނެއެވެ. އެގޮތުން ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތައް ހުޅުވައިގެން ކެއުން ބުއިމުގެ ޚިދުމަތް ދެވޭނެއެވެ. މީގެއިތުރުން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތް ހަދައިގެން ނަމާދުކުރުމުގެ ހުއްދަ ދިނުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ފެލާ

09-Jul-2021

ވެކުސިނަކީ އެހެންވީމަ ބަލިން ރށްކާތެރިވާންޖަހާ އެއްޗެއްނޫންތާ! ހާދަހާވާދެރައޭ!


13

ފެލާ

09-Jul-2021

ކޮވިސީލްދަކީ ވެސް ބޭކާރު ވެކްސިނެއް. ޔޫރަޕްއަށް ދަތުރުނުކުރެވެޔޯ. ޢެވިހަކަމަކުނުދެޔޯރއޔިތުންގަޔަށް ވަކުސިން ޖެހުވުނީމަ ސަރުކާރަށް ލިބޭލާރިގނޑު ވަރަށް ބުޑު


-15

ހުސޭ

09-Jul-2021

އަސްލުގަވެސް ބޭކާރު. ދެން މިޖެހުނީ މިކަމުގަވެސް މުޒާހަރާކުރަން. ދިމާ އިދިކީލަޔައް މިކަންވެސް މިދިޔައީ......



ޓްރެންޑިން