އަހުމަދު މަސްނޫމް   30 ޖޫން 2021 - 14:27
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު، އަނާރާ ނައީމް ޕީއެޗްޑީ ހާސިލްކުރައްވައިފިއެވެ.

އަނާރާ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމުން ކާމިޔާބުކަމާއެކު ޕީއެޗްޑީ ނިންމަވާފައިވާކަމަށެވެ. އަނާރާއަކީ އެ ޔުނިވާސިޓީން ފެށި ޕީއެޗްޑީގެ ފުރަތަމަ ބެޗުގައި ހިމެނިވަޑައިގެން ޕީއެޗްޑީ ހާސިލު ކުރެއްވި އެންމެ ފުރަތަމަ އަންހެން ދަރިވަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނާރާ ތީސިސް ލިޔުއްވީ ސިޔާސީ ޝަރުއީ ރޮނގުން "ޝަރުއީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު،" މި މައުޟޫއަށެވެ.



ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އަނާރާ ޕީއެޗްޑީ ހާސިލްކުރެއްވިއިރު، އެކަމަނާ ވަނީ ގަތަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނީ ރޮނގުން ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި މާސްޓާސް ނިންމެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން