ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 އިންސައްތަ ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގ މަސައްކަތްތައްކަމަށެވެ. މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްގެން ހިންގާ މަޝްރޫޢެއްކަމަށް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ލެބޯރެޓަރީއަކާއި ވާރޑް އިމާތާތެއްއެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިއީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެމްޓީސީސީއިން ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުން އަންނައިރު އެމްޓީސީސީގެ އަމާޒަކީ ކޮންމެ ޕްރޮޖެކްޓެއްވެސް ހަލުވި ކަމާއެކު ކުރިއަށްގެންގޮސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމާލުމެވެ. އެމްޓީސީސީއަކީ މިސަރުކާރުން، ރައީސުލުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންފައިވާ ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތަކެއް މިހާރު އޮތް ކޯވިޑްގެ ދަތި ހާލަތުގައިވެސް އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންގޮސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ފުއްދައިދިނުމުގައި އެންމެ ބޮޑު ހިއްސާއެއްވާ އެއް ކުންފުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން