އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފަ، ހުސައިން ނިޔާޒީ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާކަން އިޢުލާން ކޮށްފައެވެ. ނިޔާޒީގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށްވެސް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކޮށްފައެެވެ.

15 އަހަރު ދުވަސް ވަންދެން އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ނިޔާޒީއަކީ މީގެ ކުރިން އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެެވެ. އޮޑިޓް އޮފީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އެންމެ އިސްވެރިޔާ އަކީ ވެސް ނިޔާޒީއެވެ. އޭނާއަކީ ރާއްޖޭގައި ތިއްބެވި އެންމެ ސީނިއާ ޗާޓާޑް އެކައުންޓެންޓުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެއްކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން