ކޯވިޑަށް ފަރުވާދޭ ހޮސްޕިޓަލެއް ޤާއިމްކުރުމަށްކަމަށްބުނެ އުޅެނީ އަނެއްކާވެސް ބަޖެޓުން ފައިސާތަކެއް ވަގަށް ނަގަންކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ތުހުމަތުކުރައްވައިފިއެވެ.

ދާއިމީކޮށް ކޯވިޑަށް ފަރުވާދޭ ޚާއްޞަ ހޮސްޕިޓަލެއް ޤާއިމްކުރަން ސަރުކާރުން ނިންމި ނިންމުމަށް އިޝާރާތްކުރައްވަމުން މެމްބަރު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރާއި ވެކްސިން ނުގެނެވުނު ބަޔަކަށް ހޮސްޕިޓަލެއް ނޭޅޭނެކަމަށެވެ. އަދި މިއީ އަނެއްކާވެސް ދައުލަތުގެ ބަޖެޓުން ފައިސާތަކެއް ކާލާނެ ގޮތެއް ހޯދަން ޖަހާ ރޮކެޓެއްކަމަށްވެސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

"ހޮސްޕިޓަލެއް ވެސް ނޫން ހެދޭނީ.. ވެންޓިލޭޓަރާ ވެކްސިން ނުގެނެވުނު ބަޔަކަށް ކޮން ހޮސްޕިޓަލެއް ހެދޭނީ. ކުރިން ގެނައި ފުލޯޓިން ހޮސްޕިޓަލް ތައްވެސް ފުރުނީތޯ.". އަނެއްކާ ދައުލަތުގެ ބަޖެޓުން ރުފިޔާ ތަކެއް ކާލާނެ މޮޅު ރޮކެޓެއް ޖަހަނީ ދޯ." ނަޝީދު ވިދާޅުވިއެވެ.



ކޯވިޑަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއްގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ކޯވިޑަށް ފަރުވާ ދޭ ފެސިލިޓީތައް އެބަހުއްޓެވެ. މިގޮތުން ހުޅުމާލޭގައިވެސް އައު ފެސިލިޓީއެއް ދަނީ އިމާރާތްކުރަމުންނެވެ. ހުޅުމާލޭގައި އަލަށް ހަދާ މެޑިކަލް ފެސިލިޓީ ޤާއިމުކުރަމުން އަންނަނީ އެޗް.ޑީ.ސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެ. އިމާރާތަށް ބައެއް ބަދަލުތައް ގެނެސްގެން ހަދާ މި ފެސިލިޓީގެ ހުރިހާ މަސައްކަތެއް ކުރަނީ އެޗް.ޑީ.ސީގެ ބެލުމުގެ ދަށުންނެވެ. މި ފެސިލިޓީ ހަދަނީ 3 ފަންގިފިލާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން