ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތުގެ މަސައްކަތުގެ 71 އިންސައްތަ ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ ކޮންކްރީޓް، މޭސަނަރީ އަދި ރޫފިންގް މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. މި މަޝްރޫޢަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން