ރާއްޖޭގެ ޓޫރިޒަމް ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ގޮވާލައްވަައިފިއެވެ.

ދުންޔާ މައުމޫން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ކޮވިޑާއި ގުޅިގެން ރާއްޖޭގެ ‏ފަތުރުވެރިކަމުގެ ސިނާއަަތަށް އެތަކެއް ގެއްލުންލިބި، ބައެއް ފަރާތްތައް ބަނގުރޫޓުވެ، ގިނަ "ރިސޯޓު ބޯއީސް"ގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އަދި އެކަމަނާގެ އުންމީދަކީ ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު އަވަސް ފުރުސަތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރީގެ ހާލަތަށް ރުޖޫއަވުން ކަމަށް ދުންޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ، ރާއްޖެ އަދިވެސް އޮތީ އިނގިރޭސި ވިލާތުގެ ރެޑްލިސްޓްގައި ކަމަށެވެ. އެލިސްޓުން ރާއްޖެ ވީހާވެސް އަވަހަށް އުނިކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ދުންޔާ ވިދާޅުވިއެެވެ.



"ރާއްޖެ މިހާރު މިވަނީ ދެކުނު އޭޝިޔާއަށް ކުރިއަށް އޮތް ދެހަފުތާއެއްގެ ތެރޭގައި ހުޅުވާލަން ނިއްމާފަ، މިކަން ވެސް އަޅުގަނޑުމެން ކުރަން ޖެހޭނީ ވަރަށް ބަަލައިގެން ވަރަށް ރައްކާތެރިކަމާއެކު. މުޅި ދުނިޔެއަށް ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓަކީ ވަރަށް ނުރައްކާތެރި އަދި ވަރަށް ހަލުވިކޮށް ފެތުރެމުންދާ ވޭރިއަންޓެއް." ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަަފުޅު ދައްކަަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ރާއްޖޭގެ ބޯޑަރުތައް މުޅީން ހުޅުވާލައި، ދެކުނު އޭޝިޔާގެ ގައުމުތަކުން ވެސް ވޯކް ވިސާ އޮތް މީހުންނަށް ޖުލައި އެކަކުން ފެށިގެން ރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ، ކުރިއަށް މިއޮތް ހަފުތާގައި އެ ސަރަހައްދުގެ ކޯވިޑްގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން