ކޯވިޑުން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޫދީ ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ކުރުމާއެކު ސުންނަތާއި އެއްގޮތަށް ގައިދުރުނުކޮށް ނަމާދު ނުކުރެވެންވީ ކީއްވެތޯއޭ ވިދާޅުވެ ޑރ. އަހުމަދު އިޔާޒު ޝަކުވާ ކުރަށްވަން ފައްޓަވައިފިއެވެ.

ޑރ. އިޔާޒު ވިދާޅުވީ، ‏ކޮވިޑްިޖެހި ރަނގަޅު ވެފައިވާ މީހުން ކަރަންޓީނު ވުމަކާ ނުލާ ދަތުރު ކުރެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެބައިމީހުންނަށް ރަސޫލާ ﷺ ގެ ސުންނަތާއި އެއްގޮތަށް ގައިދުރުކުރުމެއް ނެތި ނަމާދު ކުރުމަށް ހުރަސް އަޅުއްވަނީ ކީއްވެގެންތޯ އިޔާޒު ސުވާލުކުރައްވާފައިވެއެވެ. އަދި اللهގެ ޙަޟްރަތުގައި މިސުވާލު ކުރެވިއްޖެނަމަ ދެއްވާނީ ކޮން ޖަވާބެއްތޯވެސް އިޔާޒު އައްސަވާފައިވެއެވެ.

އިޔާޒު ޝަކުވާ ކުރަށްވަނީ ބަލި ޖެހި ރަނގަޅުވެފައިވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރު ކުރުމަށް ހުއްދަކޮށްފައިވާތީ އެމީހުންނަށް ގައިދުރުނުކޮށް ނަމާދު ކުރެވޭނެ ކަމަށް ކަނޑައަޅާފައި ނެތުމުން ކަމެއް ނޫނީ އެންމެންނަށް އެފުރުސަތު ނުދީގެން ކަމެއް ސާފެއް ނުވެއެވެ.



ކޯވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރު ވުމާއެކު އެޅި ފިޔަވަޅު ތަކުގެ ތެރޭގައި ފަރުޟު ނަމާދަށް މިސްކިތްތަކުގައި ޖަމާއަތް ހެދުން ހުއްޓާލާފައި އޮންނަތާ ދުވަސް ތަކަކަށް ފަހު ރޭގެ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.

މާލެ ސަރަަޙައްދުގައި ކޯވިޑް-19 ފެތުރެމުންދާތީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން މިސްކިތްތަކުގައި ޖަމަޢާތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ މިދިޔަ މެއިމަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ބުނީ، ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން ދިއުމާގުޅިގެން ރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން މާސްކް އެޅުއްވުމަށާއި، މުސައްލަ ގެންދެވުމަށާއި، އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޖައުހަރީ

09-Jul-2021

މަޙްޝަރު ދުވަހުން ދުނިޔޭގަ އިންސާނުން ކޮށްފައިވާ ޢަމަލުތަކާމެދު ސުވާލުކުރައްވަނީ އެޢަމަލެއް ހިނގާފައިވާ ޙާލަތާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން. އެއްވެސް މަޚްލޫގެއްގެ ހެކިބަހެއްބޭނުމެއް ނުވާނެ. މިކަމާދެކޮޅަށް ވަކާލާތުކުރާމީހާ އެހުރީ ފާސިދުވެފަ.


8

ދީން

09-Jul-2021

ހަމަ ތިބީދައިން ޤުރުއާން ގައި ވަހީކުރައްވާފައިވޭ, ބަލި މަޑުކަމުން ރައްކައުތެރިވުމަށާއި އޭގެން ބަލިމަޑުކަމުން ސަލާމަތް ވުމަށް. އަބަދުވެސް ތި އިޔާޒެއް އުޅެނީ ދީން ހަތިޔާރަކަށް ހަދައިގެން މީހުންގެ ސަމާލުކަން ހޯދަން



ޓްރެންޑިން