ބޭނުންވަނީ ސަރުކާރާއި ގުޅިގެން ވިޔަފާރިތައް ކުރިއަރުވައި، ކޯވިޑްގެ ހާލަތުން އަރައިގަތުމަށްކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް، މުދްރިކަތު މޫސާ ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކުގެ ދަރިކަލުން މުދުރިކަތު މޫސާ ވިދާޅުވީ، ކޯވިޑާއި ގުޅިގެން ވިޔަފާރިތަކަށްވަމުންދާ ގެއްލުންތައް ކުޑަކޮށް، މިހާލަތުން އަރައިގަތުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް އެޖަމިއްޔާ ތައްޔާރަށް އޮތްކަމަށެވެ.

މުދުރިކަތު ވިދާޅުވީ ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުގައި، ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ކަމަށެވެ. އަދި ވިޔަފާރިތަކަށް 'ކޯވިޑް ރިކަވަރީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެޖަމިއްޔާއިން ބޭނުންވާ ކަމަށްވެސް މުދުރިކަތު ވިދާޅުވިއެވެ.



"ބިޒްނަޒްތަކަށް ކޯވިޑް ރިކަވަރީ ޕްލޭނެއް އެކުލަވާލާ، މިކަމުން ވީހާވެސް އަވަހަށް އަރައިގަންނަން، ރާއްޖޭގެ ވިޔަފާރިތަކުންވެސް ޗެމްބަރަށް މިކަމުގައި އެއްބާރުލުން ބޭނުންވޭ." މުދުރިކަތު ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހިންގާ ކޮމެޓީއަށް މެމްބަރުން އައްޔަން ކުރަނީ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެކުރިން އެ ޖަމިއްޔާގެ ރައީސްކަމުގައި ހުންނެވީ އިސްމާއިލް ނޫރައްދީނެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އާ ބޯޑަށް ބަލާލާއިރު، އެ ޖަމިއްޔާގެ ރައީސަކަށް މުދުރިކަތު މޫސާ އިންތިހާބުކޮށްފައިވާއިރު ނައިބް ރައީސަކަށް ހޮވާފައިވަނީ އާޝިއާ އަޒީމާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން