ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދިޔަ ދެ މީހަކު ނިޔާވެއްޖެއެވެ.

މީގެތެރެއިން އެކަކީ ރޭ 10:35 ގައި ނިޔާވި އުމުރުން 90 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އައި މީހެކެވެ.



ރޭ ކޮވިޑް ބަލީގައި ނިޔާވެފައިވަނީ، ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ފަޟީލަތުއްޝައިޚް އަހްމަދު ޝާތިރުގެ އަނބިކަނބަލުން އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީއެެވެ. އެކަމަނާ އަކީ ކުރީގެ ބޮޑުވަޒީރު އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލެކެވެ.

ކޮވިޑް ބަލީގައި މިއަދު ގއ. ވިލިނގިލީގައި ވެސް މީހަކު ވަނީ ނިޔާވެފައެވެ. 81 އަހަރުގެ އެ އަންހެންމީހާ ނިޔާވީ ރޭ ފަތިހު 4:55 އެހާކަންހާއިރު އެވެ. އެ އަންހެންމީހާ ނިޔާވީ ހާލު ގޯސްވެ ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ. އެ އަންހެންމީހާ ކޮވިޑް ފެސިލިޓީއަށް ފަރުވާ ދޭން ގެންދިޔައީ މީގެ ތިން ދުވަސްކުރިންނެވެ.

މި ދެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 212 އަށް އަރާފަ އެވެ. އަދި ވިލިނގިލީން މަރުވި މީހުންގެ އަދަދު ވަނީ ދޭކަށް އަރާފައެެވެ.

އިއްޔެ ނިޔަލަށް ރާއްޖެއިން 73،798 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 69،974 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ގިނަ ދުވަސްތަކަށްފަހު ރާއްޖޭގެ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަަރަށް ބޮޑުތަނުން ދަށައް ދާން ފަށާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން