ކޯވިޑާއި ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހިނާރުކަމުން އަރައިގަނެ، އިގްތިސާދު އާރާސްތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލެއްވުމާ ގުޅިގެން އެކަމަނާއަށް ރައްދު ދިނުމުގެ ގޮތުންނެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ތަކެއް ކުރަން ޖެހޭކަން ހާމަކުރަށްވައި ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވާހަކަ ދައްކަވައި އާންމު ކުރަށްވާފައިވާ އެ ވިޑިއޯއަކީ ސަރުކާރުން އެފަދަ ކަމެއް ނުކުރާކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވެފައިވާ ވިޑިއޯއެއްވެސް ނޫނެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑްގެ ޙާލަތާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މަސައްކަތްތައް ރީއޮރިއެންޓް ކުރެވި، ދިވެހިރާއްޖެއަށް ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހީގެ ފުރުސަތު ހޯދުމާ ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބޭރު ގައުމުތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަމަށެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ޕްރޮމޯޓްކުރުމަށް ފޮރިން މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުން ނިމިދިޔަ ޖޫން މަހު 3 ގައި ވެބިނާއެއް ބާއްވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ޖޫން 16 ވަނަ ދުވަހު، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން، "އިންވެސްޓްމަންޓް އިން މޯލްޑިވްސް" ގެ ނަމުގައެވެ. މި ވެބިނާ ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ، އެންވަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ، ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ.
އީޔޫގެ ޤައުމުތަކަށް ނިސްބަތްވާ އިޤްތިޞާދީ ދާއިރާގެ 90 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ވެބިނާގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުންނާއި ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެފަރާތްތަކަށް ދީފައިވެއެވެ. މި ވެބިނާގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ވައިސް ޕްރެޒިޑެންޓް ކްރިސްޓިއަން ކެޓެލް ތޮމްސެން ވާހަކަ ދެއްކެވިއެވެ.
އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށްގެން ބޭއްވި ވެބިނަރއަށްފަހު ޚާރިޖިއްޔާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ކޮވިޑްގެ ޙާލަތަށްފަހު ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ރުޖޫއުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ 2 ވެބިނާއެއް ބާއްވާފައެވެ. މީގެ ތެރެއިން ފުރަތަމަ ވެބިނަރ ބޭއްވީ 22 ޖޫންގައި، ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެންނެވެ. މި ވެބިނާ ބާއްވާފައިވަނީ ފޮރިން މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ.
ރާއްޖޭގެ ޓޫރިޒަމް އަލުން ފުޅާކޮށް ހުޅުވާލާ، ޓޫރިޒަމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިން މި ވެބިނަރގައި ޖަޕާނުގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން 23 ފަރާތަކުން ބައިވެރިވިއެވެ. ރާއްޖެއަށް އަންނަ ޖަޕާނު ފަތުރުވެރިންގެ 80 އިންސައްތަ ފަތުރުވެރިން ގެންނަނީ މި އޮޕަރޭޓަރުންނެވެ.
ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް މިފަދަ ވެބިނަރތައް ކުރިއަށް އޮތްތަނުގައިވެސް ޖަޕާންގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން ބާއްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ފަތުރުވެރިކަމާ ގުޅޭ ދެވަނަ ވެބިނަރ ބާއްވާފައިވަނީ ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ނޭޝަނަލް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް ސިންގަޕޯރ (ނާޓާސް) ގުޅިގެން، ޖޫން 30 ގައެވެ. ސިންގަޕޫރުގެ ބޯޑަރު ހުޅުވާލުމަށް އެގައުމުން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި ސިންގަޕޫރު ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ޓްރެވަލް އެޖެންޓުންނަށް މި ވެބިނަރގައި ވަނީ އަރުވާފައެވެ. މި ބައްދަލުވުމުގައިވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެމް.އެމް.ޕީ.އާރް.ސީ ގެ ފަރާތުން ބައިވެރިވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ފަތުރުވެރިކަމާ ބެހޭ މި ވެބިނާތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޖަމިއްޔާތަކުން ބައިވެރިވެ، މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވާކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަަތައް އެތަކެއް ގެއްލުންލިބި، ބައެއް ފަރާތްތައް ބަނގުރޫޓުވެ، ގިނަ ރިސޯޓު ބޮއިސްތަކެއްގެ ވަޒީފާ މިވަނީ ގެއްލިފައި. އުންމީދަކީ ހަރުދަނާ ފިޔަވަޅުތަކަކާއެކު އަވަސް ފުރުސަތެއްގައި ކުރީގެ ހާލަތައް ރުޖޫއަވުން.! pic.twitter.com/5M6HrE7EPn
— Dunya Maumoon (@dunyamaumoon) June 30, 2021

ކިޔުންތެރިންގެ ހިޔާލު