ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮނިޔަތުގައި އަދާކުރާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅުއަޅައިދިނުމަށް އެދުމަކީ ޑިޕްލޮމެޓިކް އިމިޔުނިޓީ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސިފަކުރައްވައިފިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ޢަހުމަދު އަބުދު ﷲ ދީދީ މިހެން ވިދާޅުވީ އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ގުޅޭ ގޮތުން ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔުނު ލިޔުމަކާ ގުޅިގެން އިންޑިޔާއަށް ފާޑުކިޔާ ނޫސްތަކާއި، ފަރުދުންނާމެދު ފިޔަވަޅުއަޅަން އިންޑިޔާގެ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް އެންގި ކަމަށް މީޑިއާތަކުން ބުނާ މައްސަލައާއި ގުޅިގެންނެވެެ.

އެކަމަށް އިޝާރަތް ކުރައްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދު ﷲ ދީދީ ވިދާޅުވީ ޑިޕްލޮމެޓިކް އިމިޔުނިޓީ ޙުއްޖަތަކަށް ހަދައިގެން، ވިއެނާ ކޮންވެންޝަނުގެ 41 ވަނަ މާއްދާގެ ދަށުން އަދާކުރުން ލާޒިމު ޤާނޫނީ ވާޖިބުތަކުން ރެކުމުގެ ޙައްޤު އިންޑިއާ އެމްބަސީއަށް ލިބިގެން ނުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި، ރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް ނުވަނުމަކީ އިންޑިއާ އެމްބަސީގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮނިޔަތުގައި އަދާކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް އެދުމަކީ އިމުޔުނިޓީ ނަހަމަގޮތުގައި ބޭނުންކުރުން." ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އިންޑިޔާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީގައި ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަނާއި، ހައިކޮމިޝަނުގެ އިސްވެރިންނާއި މުވައްޒަފުންގެ އަބުރާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ރާއްޖޭގެ ނޫސްތަކުގައާއި، ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ. އަދި ބައިނަލްއަގުއާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގެ ދަށުން އެކަން ހުއްޓުވައި އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އިންޑިޔާ ހައިކޮމިޝަނުން ވަނީ އެދިފައެވެެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް