އަހުމަދު މަސްނޫމް   1 ޖުލައި 2021 - 17:55
ބަންޑާރަ ނައިބުގެ އޮފީހުން މިއަހަރުގެ މިހާތަނަށް 532 ކަމަކާއި ގުޅޭ ގާނޫނީ ލަފާ ދައުލަތުގެ މުއައްސަސާތަކަށް އަރުވާފައިވާކަމަށް އެ އޮފީހުން ހާމަކުރައްވައިފިއެވެ.

އޭޖީ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން 520 މައްސަލައަކާ ގުޅޭގޮތުން ގާނޫނީ ލަފައަށް އެދި މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި 532 މައްސަލައަކަށް އެ އޮފީހުން ލަފާ ދެއްވާފައިކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެފައި ވެއެވެ.



އޭޖީ އޮފީހުން ލަފާ ދެއްވާފައިވާ މައްސަލަތަކުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅޭގޮތުން 154 ލަފާ، ގަވާއިދުތަކާ ގުޅިގެން 107 ލަފައެއް އަރުވާފައި ވާއިރު، އުސޫލުތަކާ ގުޅޭގޮތުން 18 ލަފާ، ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން 12 ލަފައެއް އެރުވި އިރު މުއާހަދާ ތަކާގުޅޭ ދެ ލަފައެއް ވެސް އޭޖީ އޮފީހުން ވަނީ އަރުވާފައެވެ. އަދި އެހެނިހެން ކަންތައްތަކާ ގުޅިގެން 239 ލަފައެއްވެސް އެ އޮފީހުން ވަނީ އަރުވާފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން