ނަފްރަތުގެ ބިލު އިސްލާހުކުރިކަމަށް ބުންޏަސް އެ ބިލު އޮތީ ރަނގަޅަކަށް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ވިދާޅުވީ ކޮމިޓީން އިސްލާހު ކުރިކަމަށް ބުނާ ބިލު އޮތީ އަދިވެސް ރަނގަޅަށް ނޫންކަމަށެވެ. ޒައިދު ވިދާޅުވީ ބިލުގައި ކަންބޮޑުވާ ވަރަށް ގިނަ އުނިކަންކަމާއި ކަންބޮޑުވާ ކަންކަން އެބަހުރިކަމަށެވެ.

ޒައިދު ވިދާޅުވީ ނައްސު ފޯރާފައި ނެތީމަ ނައްސާއި ހިލާފަށް ހުންނަ ރައުޔު ހިލާފީ މައްސަލައަކަށް ނުވާނެކަމަށެވެ.



ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ މެދު ހުރި ކަންބޮޑުވުންތައް ހައްލުކުރަން އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ކޮމިޓީން ގެނެސްފައިވާކަމަށް ބުނާއިރު، އެ އިސްލާހުތަކުގެ ސަބަބުން އެ ބިލުގެ ނުރައްކާތެރިކަން އިތުރަށް ގޯސްވެފައިވާ ކަމަށް ބައެއް ޢިލްމުވެރިން ބުނެއެވެ. އެގޮތުން އެބިލުގެ 24 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ފިގުހުގައި އުފެދިފައި ހުންނަ ކޮންމެ ހިލާފަކީ މުއުތަބަރު ހިލާފެއްނޫން ނަމަވެސް، އެ މާއްދާ އޮތް ގޮތުން އެ ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން