ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުން ވަކިކުރި ނަމަވެސް އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބުދުލްލަތީފު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ގައުމީ ޔުނިވަސިޓީގައި އަދާކުރަމުންދިޔަ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ވަކިކޮށްފައިވަނީ އޭނާ އަންހެނުން ޚިތާނު ކުރުމަށް ހިތްވަރު ދެެއްވި ކަމަށް ބުނާ މައްސަލައެއް ގައުމީ ޔުނިވަސިޓީގެ ކޮމިޓީއަކުން ބެލުމަށްފަހު މިއަދުގެ ވަގުތެއްގައެވެ. ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް ބުނެ އެވެ.

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކާ ގުޅިގެން މީގެ ކުރިން ޑރ. އިޔާޒް އެމްއެންޔޫ އިން ސަސްޕެންޓް ކޮށް އޭނާގެ މައްސަލަ ބަލައި ތިން ފަހަރެއްގެ މަތިން ވަނީ ނަސޭހަތްދީފައެވެ. ވަޒީފާ އިން ވަކިކުރުމުން ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ މާތް ﷲ އިރާދަފުޅުން ވަޒީފާ އިން ވަކިކުރި ނަމަވެސް އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށެވެ.



" ތިޔަބައިމީހުންނަށް ޙުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެމަތީގައެވެ. الله އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ނިކަމެތި ކަމެއް ނުލިބޭނެ." ޑރ.އިޔާޒް ވިދާޅުވިއެެވެ.

މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރުމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އޭނާގެ ބަހެއް ހޯދުމަށް ގުޅަމުން ގެންދާ ކަމަށެވެ. އަދި އެފަރާތްތަކަށް ދޭނެ ޖަވާބަކީ ފިރުއައުނާއި މުޚާތަބުކޮށް ސިހުރުވެރިން ދިން ޖަވާބު ކަމަށް، މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ ސީނިއާ ލެކްޗަރާއެކެވެ. ޑރ. އިޔާޒު މަގާމުން ވަކިކޮށްފައިވާއިރު އިސްލާމިކް މިނިސްޓްރީންނާއި މަޖިލީހުން ވެސް އަންނަނީ ޑރ. އިޔާޒުގެ މައްސަލަ ބަލަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އިޔާ

09-Jul-2021

ހަބަރުން އިތުރަށް އެނގުނު އެއްޗެއް ނެތް..މީގެ ފަހުން ވަގުތު ނަގާނުލާ ހަމަ ޓްވީޓް އެކަނި ޝާއިއު ކޮށްލާ


-4

އަލީ އަހްމަދު

09-Jul-2021

އެހެން ވީމާ ވަކުރީވެސް ,ނިކަމެތި ނުވާނެތި



ޓްރެންޑިން