ސްރީލަންކާ ދެކުނަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް މިރޭ އަތުވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް މެޓް އޮފީހުން ބުނީ މިރޭ 20:06 ހާއިރު ސްރީލަންކާގެ ދެކުނުގެ ސަރަހައްދަށް 5.2 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. މި ބިންހެލުން ރެކޯޑްކުރެވިފައިވަނީ އިންޑިއާ ކަނޑުގެ 10 ކިލޯމީޓަރު އަޑިންކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

އެ ބިންހެލުމުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނުކުރާނެކަމަށް މެޓް އޮފީހުން ބުނެ އެެވެ. ބިންހެލުން އައިސްފައިވަނީ މާލެއާއި 968 ކިލޯމީޓަރު ދުރުންނެވެ.

މިއީ ރާއްޖެއާ މިހާ ކައިރިން މިފަހުން އައި އެންމެ ބާރުގަދަ އެއް ބިންހެލުންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން