ރާއްޖޭގައި ތިބޭ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ގުޅުވައިގެން ބައެއް މީޑިއާ ތަކާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކުގެ ސަބަބުން ހައިކޮމިޝަންގެ ބޭފުޅުންނަށް ނުރައްކާ އޮތްކަމަށް ބުނެ އެކޮމިޝަނުން އެކަން ރާއްޖޭގެ ޚާރިޖިއްޔާއަށް ހުށައަޅާފައިވާ މައްސަލައަށް އިޝާރާތް ކުރަށްވައެވެ.

ޝަރީފް ވިދާޅުވީ ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަނަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި އިންޒާރުތައް، މަޖިލީހުގެ ޚާރިޖީ ގުުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރުގެ ހައިސިއްޔަތުން ކުއްވެރިކުރަށްވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ތަހުޤީޤްކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވަށްޓެރި ޤައުމުކަމަށްވާއިރު، އެޤައުމާއި ދެކޮޅަށް ހިންގާ މިފަދަ ހަރަކާތްތައް ބަލައިނުގަނެވޭނެކަމަށެވެ. އަދި ރާއްޖޭގައި ތިބޭ ބޭރު މިޝަންތަކުގެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި އަޑުއުފުލުން އިތުރުވެފައިވަނީ މިސަރުކާރާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގަމުންދާކަމަށް ބުނެއެވެ. އެގޮތުން އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ކުޑަ ޑޯނިއާ މަތިންދާބޯޓު ބެލެހެއްޓުމާއި ދުެއްވުމުގެ ނަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލައާއި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރަން ނިންމާފައިވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ. ހައި ކޮމިޝަނުން އެކަމަށް އެދި ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށާއި އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތް ތަކަށްވެސް އުނދަގޫވާކަމަށެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އެޅައިދިނުމަށް ހައިކޮމިޝަނުން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ކާފަބޭ

09-Jul-2021

އިންޑިއާ ވިއެނާ ކޮންވެންޝަން އާއި ވަނީ ޚިލާފުވެފައި .. އިންޑިއާ ސިފައިން އެއްވެސް މާނައެއްގައި މި ގައުމުގެ ފަސްގަދު ގައި ތި ބުމަކީ ގަބޫލުކުރެވެޔނެ ކަމެއް ނޫން އިންޑިއާ ހައިކޮމިޝަނުން ފޭ ހަދިޔާ ލިބޭ މަވޯޓާ ޝަރީފް އާއި ރޮޒޭނާ ފަދަ ޚާއިނުން ނަކީ މި ގައުމުގެ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް, އިންޑިއާ ގެ މިހާރުގެ ހައި ކޮމިޝަނަރ ސުދީރު އަދި ޑިޕުޓީ ހައިކޮމިޝަނރު ގެ އަމަލު ކުރަމުން ދަނީ މި ގައުމުގެ ސަލާމަތައް ުރައްކާވާ ފަދަ ގޮތައް މި ދެ މީބުން މި ގައުމުން ގެންދިއުމައް އިންޑިއާ އަށް އަންގަން ޖެހޭ .ޑިޕޯޓް ކުރަން ޖެހޭ އުމުރައް


-1

އައްޓަމަސް

09-Jul-2021

ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަނަށް އަމާޒުކޮށް ފާޑުކިޔާ އިންޒާރުދެނީ ސަބަބެއް އޮވެގެން ދިވެހިރާއްޖެގައި އެބަހުރި ބައިވަރު ހައިކޮމިޝަންތައް، ކީއްވެ އެތަންތަނަށް އިންޒާރު ނުދެނީ، ފާޑު ނުކިޔަނީ؟ މަވޯޓާގެ ގެޔަށްވަދެ މަ މުޅިގެ ފުނޑާލިޔަސް މަވޯޓާ ހަނުހުންނާނެބާ؟! މަވޯޓާގެ އަނބި ދަރިންގެ ކަރާމަތާ އިސްތިގުލާލަށް އަރާއިރު ކެތްވާނެބާ؟! ތީ އިންޑިޔާގެ އަޅުންނޭ ވީމައި ހައިރާނެއްނުވޭ މަވޯޓާ ފޮނު އެރުވިޔަކަސް! އަދިވެސް އަދަށް ބާރުލާފައި ބުނަން އިންޑިޔާއަކަސް އެހެންބަޔަކުވިއަސް މި ގަވްމައި ނުކުޅޭތި! އެރުން ވާނީ އަލިފާންގަނޑަކަށް ތެޔޮ އެޅުމަށް!



ޓްރެންޑިން