ހިޔާ މަޝްރުޢޫގެ ފްލެޓް ދޫކޮށްލަން ބޭނުންވާ ފަންނީ މުވައްޒަފުން، މިސަރުކާރުގެ "ވިނަރެސް" ހައުސިންގ މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހިޔާ ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފަންނީ ކެޓަގަރީގައި ހިމެނޭ އެޗް 4، ޑޮކްޓަރުންނާއި ނަރުހުން، އެޗް 5، ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސްގެ ފަންނީ ކެޓަގަރީން ފްލެޓް ލިބުނު މީހުންނަށެވެ. އެފަރާތަކަށް ވަނީ ހުޅުމާލޭގައި އެޗްޑީސީން ކުރިޔަށްގެންދާ "ވިނަރެސް" ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ނަމަވެސް މިސަރުކާރުގެ ބޯހިޔާ ވަހިކަމުގެ ސިޔާސަތުގެ ދަށުން ތަރައްގީ ކުރާ ވިނަރެސް ހައުސިންގ މަޝްރޫޢުގެ ފްލެޓް ނުވަތަ އެޕާޓްމެންޓްތައް ނިމޭނެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ހިޔާ މަޝްރުޢޫގެ ފްލެޓް ދޫކޮށްލާ ފަންނީ މުވައްޒަފުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ވިނަރެސް"އަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށެވެ. އަދި މުއްދަތު އިތުރުކުރީ އިތުރު މައުލޫމާތު ހޯދުމަށާއި މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

1344 ހައުސިންގ ޔުނިޓް "ވިނަރެސް" މަޝްރޫޢުގައި ހިމެނޭއިރު އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި ހައުސިންގ ފްލެޓް ތަކުގެ ތެރޭގައި މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއު އަދި ސްޓޭންޑަރޑް ވިއުގެ ނަމުގައި ތަރައްގީ ކުރާ ހަތަރު ފެންވަރެއްގެ ފްލެޓް ހިމެނޭ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ހިޔާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް ފްލެޓް ބަދަލުކުރަން ބޭނުންވާ ފަންނީ މުވައްޒަފުންނަށް 3 މަސް ދުވަހުގެ މުއްދަތެއް ލިބޭނެކަމަށެވެ. އެހެންނަމަވެސް މި ފުރުސަތު އޮންނާނީ ހުޅުވާލެވޭ ހައުސިން ޔުނިޓްތަކުގެ އަދަދު ހަމަވަންދެން ކަމަށްވެސް އެމިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޢަހުމަދު

09-Jul-2021

ތިޔަބުނާ ވިނަރެސް ފުލެޓުގެ ޑައުންޕޭމަންޓު ދައްކަން ހަމަޖެހިފައިވާ ގޮތާއި އަގު ކިހާވަރެއްގައި ހިފެހެއްޓޭނެކަން އެނގުން ވަރަށް ނުހިންމު.... މަޢުލޫމާތު ލިބިފައިވާގޮތުގައި ޑައުންޕޭމަންޓު ނަގާ... މަހުކުލި 25000. (ފަންސަވީސް ހާސްް ރުފިޔާ. ދައްކަން ޖެހޭ.......


9

ޢަހުމަދު

09-Jul-2021

ޓިޔަބުނާ ވިނަރެސް ފުލެޓުގެ ޑައުންޕޭމަންޓު ދައްކަން ހަމަޖެހިފައިވާ ގޮތާއި އަގު ކިހާވަރެއްގައި ހިފެހެއްޓޭނެކަން އެނގުން ވަރަށް ނުހިންމު.... މަޢުލޫމާތު ލިބިފައިވާގޮތުގައި ޑައުންޕޭމަންޓު ނަގާ... މަހުކުލި 25000. (ފަންސަވީސް ހާސްް ރުފިޔާ. ދައްކަން ޖެހޭ.......


-2

އާމިނަތު

09-Jul-2021

ދެންއެއްވސްރަށަކުބޯހިޔާވަހިވަހިކަންނުލިބޭމީހާއަށްއޮތީކޮންގޮތެއްއަޅުގަޑަކީއެއްވެސްރަށަކުންބޯިޔާވަހިކަންނުލިބޭމީހަކީމެވެ`ސުނާމީގަވެސްއަޅުގަޑަށްބޯހިޔާވަހިކަމެއްނުލިބުނެވެއެއްމެބޮޑަށްސުނާމީއެރިއެއްރަށުގެމީހަކީމެވެ`


22

މުޙައްމަދު

09-Jul-2021

އެއްވެސް އިންސާފެއްނެތި ކުރާ ކަންކަމުން އަދު އަސަރެއް ނުފެނުނުކަމުގައި ވިޔަސް، އާޙިރަތް ދުވަހުން އިންސާފު ފުރިހަމަޔަށް ޤާއިމް ވާނެ އެވެ. އިންޝާ الله


-2

މަރިޔަބު

09-Jul-2021

ދެން ރާއްޖެތެރޭ ގޯތިދޭނެ ބިން ނެތްރަށްރަށުގަ އުޅޭ މީހުނައޮތީކޮގޮތެއް


-3

އައްޓަމަސް

09-Jul-2021

އަހަރެމެން ގުނބޯ ހައްދަނީ އެންމެފަހުން ވާނީ 2 މީދާ ފެހި ބުޅަލަށް ވީވަރު



ޓްރެންޑިން