ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ނިއްމަވައިފިއެވެ.

މިދިޔަ މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ރައީސް، މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ. ޖަރުމަންވިލާތަށް ރައީސް ނަޝީދު ފަރުވާއަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެެވެ. ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ގުޅިގެން ޖަރުމަންވިލާތުގައި އެމަނިކުފާނުގެ ބައެއް އޮޕަރޭޝަންތައް ވަނީ ކުރަށްވާފައެވެ. އަދި އަންނަ ނޮވެމްބަރމަހު ރައީސް ނަޝީދު އިތުރު އޮޕަރޭޝަނެއް ކުރާގޮތަށް ވަނީ ހަމަޖެހިފައެެވެ. ރައީސް ނަޝީދުގެ އާއިލާއިން ބުނީ، ޖަރުމަންވިލާތުގެ ޑޮކުޓަރުން ރިފަރކޮށްގެން އެމަނިކުފާނު މިއަދު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިދިޔަ މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ރައީސް، މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައިވެއެެވެ. ރައީސް ނަޝީދުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭ ކައިރިން ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މި ހަމަލާ ދީފައިވަނީ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްްވާލައިގެންނެވެ. އެހަމަލާއާއި ގުޅިގެން މިހާތަނަށް 8 މީހަކު ވަނީ ހައްޔަރުކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން